ads
ޑޮކްޓަރަކު ލައްވާ ބަނޑުން މިންބަލަނީ..
ޖިމަށް ނުގޮސް ގޭގަ ހުރެގެން ވެސް ބަނޑު ހިންދާލަން ފައްކާ އުކުޅުތަކެއް
ވަރަށް ޒަމާންކޮށްފައި ރަހުމަތްތެރިއަކާ ދިމާވާ އިރު ހަށިގަނޑަށް ބަދަލު އައިސް ބަނޑުލާފައި މީހާ ފަލަ ވެފައި ހުރެގެން އެވާހަކަ ބުނެފިނަމަ ގިނަ ފަހަރު އާދެވޭނީ ރުޅި އެވެ. އެމީހުން ކުރިމަތީ ފަލައޭ ބުނެ އެއްބަސްވާނީ މަދު މީހެކެވެ.

ނަމަވެސް ގެޔަށް އައިސް ނުވަތަ އަމިއްލަ ހާލާމެދު ވެސް ތިމަންނަ ފަލައޭ ހިތައް އަރާނެ އެވެ. ހާއްސަކޮށް ބަނޑު ލާފައި ހުންނަ ނަމަ އެ ބަނޑުގެ ސަބަބުން އުނދަގޫވެ މީހުންނަށް ދައްކާލަން ވެސް ހިންދާލަން ބޭނުންވާނެއެވެ. ދުވަން ގޮސް ޖިމަށްދާން ވިސްނާ މީހުން ވަރަށް ގިނައެވެ.

މިކަމަށް ހައްލު އެބައޮތެވެ. ޖިމަށް ނުގޮސް ދުވަން ނުގޮސް ވެސް ހައްލު ލިބި ތިމާ ބެނުންވާ ބަދަލު ހަަށިގަނޑަށް ގެނެވިދާނެއެވެ. ބޭނުންވަނީ ހިއްވަރެކެވެ.

ހުސްގޮހޮރާ ހުރެ ލޮނުމެދު ފެން

ހެނދުނު ހޭލާގޮތަށް ތިމާ ކަން ކަމުގައި އަވަދިނެތި އުޅެގަންނަން ފެށުމުގެ ކުރިން ފުރަތަމަ ކަމަކަށް މިކަން ކޮށްލަބަލާށެވެ. 

ދެތިން ލޮނުމެދު ހޫނު ފެނަށް ކޮށާލުމަށް ފަހު ތާފަނާކޮށް އެ ލޮނުމެދު ފެން ތަށި ބޯލުމުން އެކަމުގެ އަސަރާއި ރާހަތު ބަނޑުގެ މަސްތަކަށް ކުރާ ކަމަށް ދިރާސާތަކުން ދައްކައެވެ. އަދި ކޮންމެ ދުވަހަކު ވެސް މި ބޯނަމަ ވަރަށް އަވަހަށް ބަނޑު ހިއްދާލެވިދާނެއެވެ. ކޮށާފައި ހުންނަ ލޮނުމެދުކޮޅު މަޑުވެފައި ހުއްޓާ ކާލުމަކުން މައްސަލައެއް ނޫނެވެ. ފައިދާ ވެސް ބޮޑު އެއްޗެކެވެ.

ކޮފީގެ ބަދަލުގައި ހޫނުފެނަށް ލުނބޯ އަޅާލާ

ކޮންމެ މީހަކުވެސް ހޭލާ ގޮތަށް "މޯނިން ކޮފީ" ބޮއި ނުލާ ހިތްހަމަ އެއް ނުޖެހޭނެއެވެ. ކަޅު ކޮފީއަކީ ވެސް ގޯސް އެއްޗެއް ނޫނެވެ. އެހެން ނަމަވެސް ހޫނު ފެންތައްޓަކަށް ލުނބޯ ކިބައެއް ވަރު އަޅައިގެން ބޯން އާދަކޮށްލާށެވެ. ދުވަސްތައް ގުނަ ގުނާ ހުއްޓާ ބަނޑަށް އަންނަ ބަދަލު ފެންނާނެއެވެ. ކަޅު ކޮފީ އަށް ލުނބޯ ފެލާގެން ވެސް ހަމަ ވަރަށް ރަނގަޅުވާނެއެވެ.

ކެއްކުންތަކަށް ކާށިތެޔޮ ބޭނުންކުރަން އާދަކުރޭ

ގޭގައި ކައްކާއިރު ބަދިގެ ތެރޭ އާންމުކޮށް މި ގެންގުޅޭ ތެލުގެ ބަދަލުގައި ފްރެޝް ކާށިތެޔޮ ބޭނުން ކުރާށެވެ. އެއީ ހަށިގަނޑުގައި ހުންނަ ފެޓްސްތައް ބާންކޮށްލަން ވަރަށް ކަމުދާ އެއްޗެއް ކަމަށް ދިރާސާތަކުން ދައްކައެވެ.

ފިކުރުތަކާއި ދުރުވުން މުހިއްމު

ކަންކަމާ ބޯ ހާސްވެ ވިސްނަން ފަށާ ފިކުރު ބޮޑު ކުރުމަކީ ތިމާގެ ހަށިގަނޑު ފަލަވާން މެދުވެރިވާ ސަބަބެކެވެ. ނަމަވެސް ބަނޑު ހިންދަން ބޭނުންވާ ނަމަ ފިކުރު ކުރުމާއި ދުރުވާން އެބެ ޖެހެއެވެ. ވިސްނަން ފެށުމުން ތިމާ ބޯ ހަމަ ޖައްސާލަން ގޭތެރޭގައި އާންމުކޮށް ކޮށްއުޅޭ ކަމެއް ކޮށްލާ ނުވަތަ ޔޯގާ ފަދަ އެއްޗެއް ޖެއްސިދާނެއެވެ.

ނިދި ހަމަކޮށް ކޮންމެ ދުވަހަކުވެސް ހޭލާ ގޮތަށް މިބުނި ގޮތަށް ކަންތައް ކޮށްލަބަލާށެވެ. މަހެއްހާ ދުވަހުން ނުވަތަ އެއަށްވުރެ އަވަހަށް ވެސް ހަށިގަނޑަށް ބަދަލު އައިސް ބަނޑު ހިނދޭ ކަމަށް ދިރާސާތަކުން ދައްކައެވެ.

76%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
3%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް