ads
ނުޝްރަތު ބަރޫޗާ
"ޗޯރީ" ގެ ސީކުއެލް އަށް ނުޝްރަތު ބަރޫޗާ
ވިޝާލް ފިއުރިއާގެ "ޗޯރީ" ގެ ސީކުއެލް އަށް ނުޝްރަތު ބަރޫޗާ ހަމަޖައްސައިފި އެވެ. އޭނާ އެނބުރި އަންނާނީ ސީކުއެލްގައި "ސާކްޝީ" ގެ ލީޑް ރޯލު ކުޅޭށެވެ.

ފުރަތަމަ ފިލްމު ބިނާކޮށްފައި ވަނީ އާދަޔާ ހިލާފު އޮޕޮޒިޝަންއަކާ އެކު މާބަނޑު އަންހެނަކާއި އޭނާގެ ފިރިމީހާ, އާ ގެއަކަށް ބަދަލުވާން ކުރި ހަޅުތާލުތަކުގެ މައްޗަށެވެ.

މި ފިލްމާބެހޭ ގޮތުން ޕިންކްވިލާ އާއި ވާހަކަ ދައްކަމުން ފިލްމްގެ ޑައިރެކްޓަރު ވިޝާލް ބުނީ ނުޝްރަތު ބަރޫޗާ އަކީ އިންޑަސްޓްރީގެ އެންމެ ދަށް އެކްޓަރުންގެ ތެރޭގައި ހިމެނޭ އެކްޓްރެސްއެއްކަމަށެވެ. އެހެންނަމަވެސް"ޗޯރީ" އަދި "އަޖީބު ދާސްތާން" ފަދަ ފިލްމުތަކުން ނުޝްރަތުގެ ހުނަރުވެރިކަން ދައްކާލައިފައިވާކަމަށެވެ.

your imageޗޯރީގެ ޕޯސްޓަރެއްގައި ނުޝްރަތު…

އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެކްޓްރެސް އަށް ކާސްޓިން އާ މެދު އޭނާ އަށް އޮތް ޔަގީންކަން ހާމަކުރަމުން އޭނާ ބުނީ މި ރޯލަށް ނުޝްރަތު ބަރޫޗާ އަށް ފުރިހަމަ އިތުބާރު އޭނާއަށް އެބައޮތް ކަމަށެވެ.

your imageނުޝްރަތު ބަރޫޗާ "ޗޯރީ"ގެ ޝޫޓިންތެރެއިން

އޭނާގެ ވާހަކަ ނިންމާލަމުން ބުނީ ނުޝްރަތު ވަނީ 'ސާކްޝީ' ގެ ކެރެކްޓާ ވަރަށް ރަނގަޅަށް ގެނެސްދީފައިކަމަށާއި، އަނެއްކާވެސް ސާކްޝީގެ ހަޔާތުގެ އިތުރު ހިތްގައިމު އަދި އެހާމެ ރީތި ޗެޕްޓަރެއް ހުށަހެޅުމަށް އަނެއްކާވެސް ޓީމާއެކު މަސައްކަތް ކުރަން ލިބުމަކީ ވަރަށްބޮޑު އުފަލެއްކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް