ads
ގައުމީ ޓީމުގެ ކޯޗަކަށް ހޮލެންޑްގެ ކޫޕްމަން
ސީނިއަ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ކަމުގެ މަގާމަށް ހޮލެންޑްގެ މާޓިން ކޫޕްމަން ހަމަޖައްސައިފި އެވެ.

ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމަށް ކޫޕްމަން ހަމަޖައްސާފައިވަނީ ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓަކާ އެކު އެވެ. 

ކޫޕްމަންއާއި އެކު އޭނާގެ އެސިސްޓެންޓަކަށް ހޮލެންޑްގެ ރެނޭ ހިޑިންކްވެސް ވަނީ މިއަދު ހަމަ ޖައްސާފަ އެވެ. ރެނޭ ހިޑިންކްއަކީ، ހޮލެންޑްގެ މަޝްހޫރު ގޫސް ހިޑިންކްގެ ކޮއްކޮ އެވެ.

އެންމެ ފަހުން ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުގައި ހުރި ކްރޮއޭޝިޔާގެ ޕީޓަރ ސެގެޓް މަގާމުން ވަކިކުރުމަށް ފަހު އަލުން ހަމަޖެއްސި ކޯޗުގެ އިރުޝާދުގެ ދަށުން ރާއްޖޭން ކުޅޭނެ ފުރަތަމަ ރަސްމީ މެޗަކީ، މާޗް، 26 ގައި ޗައިނާއާ ދެކޮޅަށް ކުޅޭ ވޯލްޑްކަޕް ކޮލިފައިން މެޗެވެ. މި މެޗު އޮންނާނީ ޗައިނާގަ އެވެ.

ގައުމީ ޓީމުގެ އައު ކޯޗު ކަމުގެ މަގާމަށް މިއަދު ހަމަޖެއްސި އުމުރުން 63 އަހަރުގެ މާޓިން ކޫޕްމަން އެންމެ ފަހުން ކޯޗު ކޮށްދީފައިވަނީ އުތުރު ކެރީބިއަން ކަނޑުގެ ގައުމެއް ކަމަށްވާ އަރޫބާ އަށެވެ. 

ކޫޕްމަން، އޭނާގެ ކޯޗިންގެ ކެރިއަރު ފަށާފައިވަނީ މީގެ 30 އަހަރު ކުރިންނެވެ. އޭނާ އިރުޝާދު ދިން ބައެއް ޓީމްތަކުގެ ތެރޭގައި ހޮލެންޑްގެ ގްރޮނިންގެން އަދި ސައުދީ އަރަބިއްޔާ ގައުމީ ޓީމު ހިމެނެ އެވެ. މި ދެ ޓީމުގެވެސް އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި އޭނާ މަސައްކަތް ކޮށްފައިވެ އެވެ. މީގެ އިތުރުން ޗައިނާގެ ކްލަބެއް ކަމަށްވާ ގުއަންޒޫ އަށް ވެސް އުމުރުން 63 އަހަރުގެ މާޓިން ކޫޕްމަން އިރުޝާދު ދީފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް