ads
ޅ. ނައިފަރު
ކުޑަކުދިންތަކަަކަށް ޖިންސީ ގުނަވަން ދެއްކި މީހަކު ހައްޔަރުކޮށްފި
ކުޑަކުދިންތަކަަކަށް ޖިންސީ ގުނަވަން ދެއްކި މީހަކު ހައްޔަރުކޮށްފި

ފުލުހުން ބުނީ މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރަށް ނިސްބަތްވާ 60 އަހަރުގެ ދިވެހި ފިިރިހެނެއް ކަމަށެވެ.

މި މީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ މި މަހުގެ އެކި ދުވަސްތަކުގައި ކުޑަކުދިންތަކަކަށް ޖިންސީ ގުނަވަން ދައްކާފައިވާ މައްސަލަ ތަކެއް ފުލުހުންނަށް ހުށަހެޅުމުން ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ. 

އާދިއްތަ ދުވަހުގެ އިރުއޮއްސި 6:10 ހާއިރު މި މީހާ ހައްޔަރުކޮށްފައިވީ ނަމަވެސް ހައްޔަރުކުރި ވަކި ތަނެއް ފުލުހުން ބުނެފައެއް ނުވެ އެވެ. 

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކުރި މައްސަލަ ފެންމަތިވި ފަހުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ގިނަ މައްސަލަތަކެއް ވަނީ ފުލުހުންނަށް ހުށަހެޅިފަ އެވެ. 

ފުލުހުން ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކަކީ ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި އެ އިދާރާއިން ތަހުގީގުކުރަމުންދާ މައްސަލަތަކެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް