ads
ޕްރިޔަންކާ ޗްޕްރާ ޖޯނަސް އަދި ނިކްޖޯނަސް
ދަރިއަކު ހޯދަން ބޭނުންވީމަ އެކަންވެސް ކުރާނަން: ޕްރިޔަންކާ
އިންޑިއާގެ ރީތީގެ ރާނީކަން 2000 ވަނަ އަހަރު ހޯދި ބޮލީވުޑްގެ މަޝްހޫރު ތަރި ޕްރިޔަންކާ ޗޮޕްރާ އަށް މިހާރު ވަނީ 38 އަހަރުވެފަ އެވެ. މިސް އިންޑިއާގެ ލަގަބު ކާމިޔާބުކޮށް ޕްރިޔަންކާ ބޮލީވުޑަށް ނިކުތްތާ މިހާރު 20 އަހަރު ވެފައި ވާއިރު، އޭނާ ދަނީ ހޮލީވުޑްގައި ވެސް މިހާރު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެއާއެކު އޭނާ ވަނީ އޭނާއަށް ވުރެ 10 އަހަރު ހަގު އުމުރުން 28 އަހަރުގެ ނިކް ޖޯނަސްއާ ދިމާވެ ކައިވެނި ވެސް ކޮށްފަ އެވެ.

މިހާރު އޭނާގެ ކައިވެނިވެސް ކުރެވިފައިވާއިރު، ކުއްޖަކު ހޯދުމަށް ދެމަފިރިންގެ އޮތް ޕްލޭންއަކީ ކޮބާތޯ އިންޓަވިއުއެއްގައި ސުވާލުކުރުމުން އޭނާ ބުނީ އެކަމަކީ ވަރަށް ބޮޑު ކަމެއް ކަމަށާއި، ނަމަވެސް އެކަންވެސް ވަގުތު އައިސް ޖެހުނީމާ ކުރާނެ ކަމަށެވެ. އަދި ދަރިއަކު ހޯދަން ބޭނުންވީމަ ދަރިއަކުވެސް ހޯދާނެކަމަށް އޭނާ ބުންޏެވެ. 

ނަމަވެސް މާ އަވަސް އަރުވާލައިގެން އެކަން ކުރަން އަދި ނުވިސްނާ ކަމަށް އޭނާ ބުންޏެވެ. 
ޕްރޔަންކާ އާއި ނިކްގެ ކައިވެންޏަށް ބޮލީވުޑާއި ހޮލީވުޑްގެ ގިނަ ފޭނުންގެ ސަމާލުކަން ހުއްޓުނު އިރު މި ދެ ތަރިންގެ އުމުރުގެ ތަފާތަކީ 10 އަހަރެވެ. 

ނިކް އަށް ވުރެ 10 އަހަރު ޕްރިޔަންކާ އުމުރުން ދޮށިވުމުން ގިނަ ބަޔަކު އޭނާ އަށް ފާޑުކީ ނަމަވެސް ލޯބިވާ ދެމީހެއް އުފަލުގައި އުޅުމަށް އުމުރަކީ އެއްވެސް އެއްޗެއް ނޫން ކަން އެ ދެމީހުން ދަނީ ދުނިޔެއަށް ދައްކަމުންނެވެ.

އެހެން ނަމަވެސް ޕްރިޔަންކާ ވަނީ ދުވަހަކު ވެސް އޭނާގެ ކައިވެނި ކުރެވޭނެ ކަމަށް ހިތަށް ނާރާ ކަމަށް ބުނެފަ އެވެ. އޭނަ ބުނެފައި ވަނީ އޭނަގެ އުމުރުން 35 އަހަރުވުމާއެކު ކައިވެނި ކުރަން ބޭނުންވެ އަމިއްލަ ނަފްސަށް ވަރަށް ބޮޑަށް ޕްރެޝަރު ކުރެވުނު ކަމަށާއި އޭރު ދެން ދުވަހަކު ވެސް ކައިވެނި ކުރެވޭނެއޭ ހިތަށް ނާރާ ކަމަށެވެ. 

ނަމަވެސް ޕްރިޔަންކާގެ މަންމަ އަބަދުވެސް އޭނައަށް ހިތްވަރުދޭ ކަމަށާއި ހޯދިފައިވާ ކާމިޔާބީއާއެކު ކުރިއަށް ދިޔުމަށް ބުނާނެ ކަމަށް އޭނާ ބުނެފައި ވެއެވެ. އަދި މީހުން ކިޔާ އެއްޗަކަށް ނުވިސްނުމަށް ވެސް ނަސޭހަތްދޭ ކަމަށް ޕްރިޔަންކާ ބުނެފައި ވެއެވެ.

ޕްރިޔަންކާ ބުނީ އޭނާގެ ދިރިއުޅުމުގައި ހުރި އަޑިގުޑަންތަކުން އަރައިގެންފައި ވަނީ ލިބުނު ފުރުސަތުތަކުގެ ބޭނުންކޮށްގެން ކުރިއަށް ދިޔުމަށް ކުރި މަސައްކަތުން ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް