ads
ތިލަފުށީގައި ކުނި މެނޭޖުކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ބޮޑު މަޝްރޫއުގެ މަސައްކަތްތައް ރައީސް ބައްލަވާލެއްވުން
ވޭސްޓް މެނޭޖްމަންޓު ޕޮރޮޖެކްޓްގެ މަސައްކަތްތައް ރައީސް ބައްލަވާލައްވައިފި
ކ. ތިލަފުށީގައި ކުނި މެނޭޖުކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ބޮޑު މަޝްރޫއުގެ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބައްލަވާލައިފިއެވެ.

ތިލަފުއްޓަށް ވަޑައިގެން ރައީސް ސޯލިހް އެ މަސައްކަތްތައް ބައްލަވާލެއްވީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. ރައީސް ސޯލިހް ވަނީ އެ މަޝްރޫއު ކުރިއަށް ގެންދާ ގޮތް ބައްލަވާލައްވާ، މަޝްރޫއާ ބެހޭ މައުލޫމާތު އޮޅުންފިލުއްވާފައެވެ.

ރައީސް ތިލަފުއްޓަށް ކުރެއްވި މިދަތުފުޅުގައި އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް އާއި އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާގެ އިތުރުން ވެމްކޯގެ އެމްޑީ އާދަމް މުހައްމަދު އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ވޭސްޓް މެނެޖްމަންޓް ޑިޕާޓްމެންޓެގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

your imageތިލަފުށީގައި ކުނި މެނޭޖުކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ބޮޑު މަޝްރޫއުގެ މަސައްކަތްތައް ރައީސް ބައްލަވާލެއްވުން 

ރާއްޖޭގައި ކުނި މެނޭޖްކުރުމަށް ހިންގާ އެންމެ ބޮޑު މަޝްރޫއު ތިލަފުށީގައި ފަށާފައިވަނީ މި ނިމުނު 2021 ވަނަ އަހަރުގެ ޑިސެމްބަރު 15 ގައެވެ.

އެ މަޝްރޫއު ހާއްސަކޮށްފައިވަނީ ގްރޭޓާ މާލޭ ސަރަހައްދު ހިމެނޭހެން ހަތަރު އަތޮޅެއްގެ 35 ރަށަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ކ، އއ، އދ އަދި ވ. އަތޮޅު ހިމެނެ އެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ މަސައްކަަތްތައް ނިންމަން އަމާޒު ހިފާފައިވަނީ 2024 ވަނަ އަހަރަށެވެ.

ސަރުކާރުން ކުރިއަށް ގެންދާ މި މަޝްރޫއުއަކީ 4.7 ބިލިއަން ރުފިޔާ ބޮޑު މަޝްރޫއެކެވެ.  

ތިލަފުށީގައި ކުނި މެނޭޖްކުރުމުގެ ބޮޑު މަޝްރޫއު ފެށުމާއެކު ތިލަފުށީގައި ކުރިން ހުރި ބޮޑެތި ކުނިގޮނޑުތައް ހުސްކޮށްލައި އެރަށުގައި ކުނި އަންދާތީ އަރަމުން ދިޔަ ދުންގަނޑުގެ މައްސަލަ ވެސް ވަނީ ހައްލުކޮށްފައެވެ. ކުނި މެނޭޖްކުރުމުގެ މި މަޝްރޫއު ނިމުމުން ރާއްޖޭގައި އުފައްދާ ކުނީގެ ގާތްގަނޑަކަށް 60 އިންސައްތައިގެ، ކުނީގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް