ads
ފޮޓޯ: ސީއެންއެން
ސަރުކާރުގެ ގިނަ ވެބްސައިޓްތަކެއް ހެކަރުންގެ އަށް ދަށުގައި
ޔޫކްރެއިން ސަރުކާރުގެ ގިނަ ވެބްސައިޓްތަކެއް ހެކަރުންގެ އަތް ދަށަށް ގެންގޮސްފި އެވެ.

މިއަދުގެ ހެނދުނުން ފެށިގެން އެގައުމުގެ ސަރުކާރުގެ ގިނަ ވެބްސައިޓް ތަކަށް ވަންނައިރު، ފެނިގެން ދަނީ ހެކް ކޮށްފައިވާ ކަމަށް ބުނެ އިއުލާން ކޮށްފައިވާ ލިޔުމެކެވެ. 

އަދި އަނބުރާ ވެބްސައިޓް އިދާރާތަކަށް ދޭނީ ކޮންމެ ވެބްސައިޓް އަކަށް 350،000 ޑޮލަރު ދިނުމުން ކަމަށްވެސް ލިޔުމުގައި ހިމަނާފައި ވެއެވެ. 

މީގެ އިތުރުން އެގައުމުގެ ހުރިހާ ރައްޔިތުންގެ މައުލޫމާތު މިހާރު ލިބިފައިވާ ކަމަށާއި، ފައިސާ ނުދައްކާފިނަމަ ކަޅު ބާޒާރުގައި ހުރިހާ މައުލޫމާތެއް ވިއްކާލާނޭ ކަމަށް ބުނެ އިންޒާރު ވެސް ވަނީ ދީފަ އެވެ. 

"ބޮޑު ސައިބާ ހަމަލާއެއްގެ ނަތީޖާއެއްގެ ގޮތުން، ހާރިޖީ ވުޒާރާގެ ވެބްސައިޓްތަކާއި، ސަރުކާރުގެ އެހެން ބައެއް އިދާރާތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން ވަނީ ޑައުންވެފައި. އަނބުރާ ވެބްސައިޓް ތައް ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ. އެވެސް ބަޔަކަށް ލާރިގަނޑެއް މިކަމުގެ ސަބަބުން ލިބޭނެ ކަމަށް ހީކޮށްގެން ނުވާނެ" ހާރިޖީ ވުޒާރާގެ ތަރުޖަމާނު އޮލޭގް ނިކޮލެންކޯ ހުކުރު ދުވަހު އޭނާގެ ރަސްމީ ޓްވިޓާ އެކައުންޓްގައި ލިޔެފައި ވެއެވެ.

މީގެ އިތުރުން އޭނާ ބުނީ، ސްޕެޝަލިސްޓުން މިހާރު ވެސް ސައިޓްތައް ހޯދުމަށް މަސައްކަތް ފަށާފައިވާ ކަމަށާއި، މި މައްސަލަ ސައިބާ ފުލުހުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް