ads
އިންޑިއާގެ މަގުމަތީ މީހެއްގެ ސާމްޕަލް ނަގަނީ
ކޮވިޑް-19: ގައުމުތަކުން ޕޮޒިޓިވްވި މީހުންގެ އަދަދު 320 މިލިއަނަށް
ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޮވިިޑް-19 ގެ އާ ވޭރިއަންޓު "އޮމިކްރޮން" ގެ ސަބަބުން ގައުމު ތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އިތުރުވާން ފަށައިފިއެވެ.

އެގޮތުން އިއްޔެ އެކަނި ވެސް ގައުމުތަކުން 3.5 މިލިއަން މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން 7،704 މީހަކު ވަނީ މަރުވެފައި ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ. 

މިހާތަނަށް މި ބަލި އެންމެ ގިނަ އަދަދަކަށް ޖެހުނު މީހުން ތިބީ އެމެރިކާގައެވެ. އެގައުމުން މިހާތަނަށް 65,236,475 މީހަކަށް ބަލި ޖެހިފައި ވާއިރު، އިއްޔެ އެކަނިވެސް އެގައުމުން ވަނީ، 806,493 މީހަކަށް ބަލި ޖެހިފައެވެ. އެމެރިކާއިން މިބަލީގައި މިހާތަނަށް، 869,212 މީހަކު ވަނީ މަރުވެފައެވެ. 

ދެވަނައަށް އެންމެ ގިނަ ބަޔަކަށް ބަލި ޖެހިފައިވާ ގައުމަކީ، އަވަށްޓެރި އިންޑިއާއެވެ. އެގައުމުން، މިހާތަނަށް 36,582,129 މީހަކަށް ބަލި ޖެހިފައި ވާއިރު، ބަލީގެ ސަބަބުން 485,350 މީހުން ވަނީ މަރުވެފައެވެ. އިންޑިއާއިން އިއްޔެ އެކަނިވެސް 264,202 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. 

މި ލިސްޓުގެ ތިން ވަނައިގައި އޮތީ، ބްރެޒިލް އެވެ. އެގައުމުގެ އަދަދުތަކަށް ބަލާއިރު، ޖުމްލަ 22,815,827 މީހަކަށް ބަލި ޖެހިފައި ވާއިރު، ބަލީގެ ސަބަބުން 620,609 މީހަކު ވަނީ މިހާތަނަށް މަރުވެފައެވެ. 485,350 

އަދަދުތައް މިހާ މަތިވެފައި ވާއިރު، ގިނަ ގައުމުތަކަކުން އަންނަނީ އަނެއްކާ ވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި ބައެއް ގައުމު ތަކުން ވަނީ އެގައުމު ތަކަށް އެހެން ގައުމު ތަކުން މީހުން އެތެރެވުން ވަގުތީ ގޮތުން މަނާ ވެސް ކޮށްފައެވެ. އެހެން ނަމަވެސް ބައެއް ގައުމު ތަކުން އިގްތިސާދަށް ބޮޑެތި ގެއްލުން ވަމުން ދާކަމަށް ބުނެ ގައުމު ބަންދު ކުރުމަށް އަންނަނީ ދެކޮޅު ހަދަމުންނެވެ. 

މުޅި ދުނިޔެއިން މިހާތަނަށް މިބަލީގައި، 5,538,951 މީހުން ވަނީ މަރުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް