ads
ނައިބް ރައީސް ފައިސަލް ނަސީމް ކޮމަންޑޫގައި
ނައިބު ރައީސް ފައިސަލް ކޮމަންޑޫއަށް ވަޑައިގެންފި
އަންނަ މަހުގެ ފަސް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާ ކެނޑިޑޭޓްގެ ކެމްޕެއިނަށް ނައިބު ރައީސް ފައިސަލް ނަސީމް ކޮމަންޑޫއަށް ވަޑައިގެންފިއެވެ.

ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ވާދަ ކުރައްވަނީ، މުހައްމަދު ރާޝިދުއެވެ. 

ނައިބު ރައީސްގެ މިދަތުރުފުޅުގައި އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންނެވީ، ކޮމަންޑޫ ދާއިރާގައި ހިމެނޭ ށ. ފޯކައިދޫއަށެވެ. އެރަށަށް ވަޑައިގަތުމުން ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. 

އެމަނިކުފާނާ އެކުގައި އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވެސް ވަޑައިގެންނެވިއެވެ.

ފޯކައިދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވިދާޅުވީ، މަޖިލީހުގެ ސުޕަ މެޖޯރިޓީ އާ އެކު ސަރުކާރުން ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެމުން އަންނަ ކަމަށާއި، މީގެ ކުރިން ވެސް ކޮމަންޑޫ ދާއިރާ އަކީ ސަރުކާރު ކޯލިޝަންގެ ދާއިރާއެއް ކަމުން ކުރިއަށް އޮތް ތަނުގައިވެސް އެގޮތަށް އެ ދާއިރާ އޮތުމުން ގިނަ ފައިދާތަކެއް ވާނެ ކަމަށެވެ. އެހެން ކަމުން އެ ދާއިރާއަށް އެމްޑީޕީގެ ކެނޑިޑޭޓް ހޮވައި ދެއްވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ. 

ނައިބު ރައީސް އެދާއިރާއަށް ވަޑައިގެންނެވި އިރު، ސަރުކާރުގެ ބައެއް މިނިސްޓަރުން މިވަގުތު ވެސް ގެންދަވަނި އެ ދާއިރާގައި އެމްޑީޕީގެ ކެނޑިޑޭޓަށް ވޯޓު ހޯއްދެވުމަށް ކެމްޕެއިން ކުރައްވަމުންނެވެ. 

މީގެ އިތުރުން ސަރުކާރުން ވަނީ އެރަށުގައި ބައެއް މަޝްރޫއުތައް ހިންގުމަށް ނިންމަވާފައި ވާކަން އިއުލާން ކޮށްފައެވެ. އަދި މިވަގުތު ބައެއް މަޝްރޫއުތައް އެރަށުގައި ފަށާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް