ads
އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ އެތައް ދައުވާތަކެއް ވަނީ ކުރެވިފައި——
އިނގިރޭސިން އަމުރު ނެރެދޭކަށް ފުލުހުން އެދިފައެއް ނުވޭ: ކްރިމިނަލް ކޯޓު
ރާއްޖޭގެ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައިގައި އޭނާ ހައްޔަރު ކުރުމަށް އެދި އިނގިރޭސި ބަހުން އަމުރެއް ހޯދުމަށް ދިވެހި ފުލުހުން އެދިފައި ނުވާކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

ކްރިމިނަލް ކޯޓުން މިހެން ބުނެފައިވަ މިވަނީ، އަލީ ވަހީދު ހައްޔަރު ކޮށްގެން ރާއްޖެ ގެނައުމުގެ ކަންކަން ކުރުމަށް ލަސްވަނީ، އަލީ ވަހީދު ހައްޔަރު ކުރުމަށް އިނގިރޭސި ބަހުން އަމުރު ލިބިފައި ނުވާތީކަމަށް ފުލުހުން ބުނެފައި ވަނިކޮށެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލް ސީއެންއެމް އަށް ވިދާޅުވީ، އަލީ ވަހީދު ނުގެނެވި ލަސްވަނީ އިންޓަޕޯލް އަށް ބޭނުންވާ މައުލޫމާތު ހިމެނޭހެން އިނގިރޭސި ބަހުން ކޯޓު އަމުރެއް ނުލިބިގެން ކަމަށާއި، އަދި ދެ ފަހަރެއްގެ މަތިން އިނގިރޭސި އަމުރަކަށް އެދި ކޯޓަށް ސިޓީ ހުށަހަޅާފައިވާ ކަމަށެވެ. 

އެހެން ނަމަވެސް މިކަމާއި ގުޅިގެން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި މައްސަލަ އާ ގުޅިގެން މިމަހުގެ 13 ވަނަ ދުވަހާއި ހަމައަށް ފުލުހުންގެ ފަރާތުން އެފަދަ އަމުރެއް އިނގިރޭސި ބަހުން ހޯދުމަށް އެދިފައި ނުވާކަމަށާއި، އަދި އަމުރު ބޭނުންވާކަން ވެސް މައްސަލަ ބައްލަވާ ގާޒީ އަށް ވެސް ފުލުހުން ހުށަހަޅާފައި ނުވާ ކަމަށެވެ. 

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާ ގެ ދައުވާތައް އޮންލައިންކޮށް ކުރިއަށް ދަނިކޮށް ސުޕްރީމް ކޯޓުން ވަނީ އެމައްސަލަ އޮންލައިން ކޮށް ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމާފައެވެ. 

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލައި، އޭނާ ބޭރަށް ވަޑައިގެންނެވުމަށް ފުރުސަތު އެންމެ ފުރަތަމަ ދިނުމުން ވެސް ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުން ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ވެސް ދިޔަ އެވެ. ނަމަވެސް، އެ ދެ ކޯޓަށް ވެސް އަލީ ވަހީދާ މުއާމަލާތް ކުރެވޭނެ ގޮތް ނުވުމާއި ޖާމިނުވި އަސްހަދަށް ވެސް އަލީ ވަހީދު އުޅޭ ތަނެއް ނޭނގޭތީ، ގައިރު ހާޒިރުގައި ޖިނާއީ މައްސަލައެއް ކުރިއަށް ނުގެންދެވޭތީ މައްސަލަ ބޭރުކޮށްލީ އެވެ.

އަލީ ވަހީދު ކްރިމިނަލް ކޯޓަށް ހާޒިރުވުމަށާއި ސުޕްރީމް ކޯޓަށް ހާޒިރުވާން އެންގި ނަމަވެސް ކޯޓަށް ހާޒިރުވެފައި ނުވާތީ ކޯޓުގެ ހުރުމަތް ކެނޑީ ކަމަށް ކަނޑައަޅައި ދެ މަހާއި 12 ދުވަހަށް އަލީ ވަހީދު ޖަލަށް ލާން ވެސް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް