ads
ޖޭ އާއި އޭނާގެ ދަރިފުޅު--
ޖޭ އޮންނަނީ ހޭލާ ގޮތަށް ދަރިފުޅުގެ މޫނަށް ބަލަން
ޓީވީ ތަރި ޖޭ ބަނުޝާލީ އާއި އޭނާގެ އަންހެނުން މާހީ ވިޖްއަށް ދަރިއަކު ލިބުނީ މިދިޔަ އަހަރުގެ ފަހުކޮޅެވެ. ކައިވެންޏަށް ގާތްގަނޑަކަށް އަށް އަހަރު ފަހުން އެމީހުންނަށް ދަރިއަކު ލިބުންއިރު ޖޭ މިވަނީ އޭނާ ހޭލާ ގޮތަށް އޮންނަނީ ދަރިފުޅު ތާރާގެ މޫނަށް ބަލަން ކަމަށް ބުނެފަ އެވެ.

ޖޭ ބުނީ ބައްޕައެއްގެ ރޯލު ރަނގަޅަށް އަދާކުރުމަށް އޭނާ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން ދަރިފުޅުގެ ކަންކަން ވެސް ކުރާ ކަމަށެވެ. އެގޮތުން މަސައްކަތްތައް ނިންމާ ގޮތަށް ވަގުތެއް ލިބޭއިރަށް މިހާރު އުޅެނީ ދަރިފުޅާއެކު ކަމަށް ވެސް ބުނެ އެވެ. 

އޭގެ އިތުރުން ޖޭ އާއި މާހީއަށް ދަރިއަކު ލިބުމުގެ ކުރިން އެމީހުން ވަނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު އެޑޮޕްޓް ވެސް ކޮށްފަ އެވެ. އެގޮތުން ޖޭ ވަނީ އެ ކުދިންނަށް ފިލާވަޅުތައް ނިންމައިދިނުމުގައި އެހީތެރިވެ ކުދިންނާއެކު ކާޓޫނު ބަލާލުމުގައި ވެސް ވަގުތު ހޭދަކުރާ ކަމަށް ބުނެފަ އެވެ.

ނަޗް ބަލިޔޭ ފަހެއް ކާމިޔާބު ކުރި މާހީ އާއި ޖޭއަކީ އާންމުންގެ މެދުގައި ވެސް މަގްބޫލު ޖޯޑެކެވެ. ޖޭ ވަނީ ފިލްމުތަކާއި ޓީވީ ޝޯތަކުގެ އިތުރުން ބައެއް ޝޯތައް ވެސް ހުށަހަޅަމުން އަންނަ ތަރިއެކެވެ.

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް