ads
ކޮޗިން އާއި ރާއްޖެ އާއި ދެމެދު މުދާ އުފުލާ ކާގޯ ފެރީއެއް--- ފޮޓޯ: އެމްއެސްއެސް
ކޮޗިން ފެރީ އިން ހަތިޔާރު އެތެރެކުރާ ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަ: ސްޓޭޓް ޝިޕިން
އިންޑިއާގެ ކޮޗިން ފެރީއިން ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ހަތިޔާރު އުފުލާފައި ނުވާނެ ކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ބުނެފިއެވެ.

އެމްއެސްއެސް އިން މިހެން ބުނެފައި މިވަނީ، ރޭ ޕީޕީއެމް އިން ބޭއްްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންނެވެ. 

ޝުޖާއު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކޮޗިން ފެރީގެ ސަބަބުން ރާއްޖެއަށް ލިބުނު އެއްވެސް މަންފާއެއް ފެންނާކަށް ނެތް ކަމަށެވެ. މީގެ އިތުރުން ޝުޖާއު ވިދާޅުވީ ކޮޗިން ފެރީއިން ރާއްޖެއަށް އެތެރެ ކުރަނީ އިންޑިއާ ސިފައިންނާއި އިންޑިއާ ސިފައިންނަށް ބޭނުންވާ ހަތިޔާރު ކަމަށެވެ.

މިވާހަކަ ތަކާއި ގުޅިގެން ރައްދު ދެއްވަމުން، އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވީ، ބޯޓަށް، ހަތިޔާރު ދުވަހަކުވެސް އަރުވާފައި ނުވާނެ ކަމަށެވެ. އަދި ބޯޓަށް ކާގޯ އަރުވަނީ ކަސްޓަމުންނާއި، ބޯޑާ ކޮންޓްރޯލް އިން ބަލަންޖެހޭ ބެލުންތަކަށް ފަހު ކަމަށްވެސް ސައީދު ވިދާޅުވިއެވެ. 

އަދި ހަތިޔާރު އަރުވާ ކަމަށް ބުނެ ދައްކަނީ ހަގީގަތާއި ހިލާފު ވާހަކަ ތަކެއް ކަމަށެވެ. 

އިންޑިއާގެ ކޮޗިނުން ރާއްޖެ އަށް ދަތުރުކުރާ ފެރީ އަކީ އިންޑިއާގެ ޝިޕިން ކޯޕަރޭޝަން (އެސްސީއައި)ގެ ބޯޓެކެވެ. އެމްސީޕީ ލިންޒް ނަމަކަށް ކިޔާ 117 މީޓަރު ދިގު މި ބޯޓުގައި 3000 މެޓްރިކް ޓަނުގެ މުދާ އުފުލެއެވެ. އެމްސީޕީ ލިންޒްގެ ރާއްޖޭގެ އެޖެންޓަކީ އެމްއެސްއެސް އެވެ.

އިންޑިއާގެ ކޮޗިނުން ރާއްޖެއަށް މުދާ ގެނައުމަށް ކުރިއަށްދާ ދަތުރުތައް އިފްތިތާހުކޮށް ފުރަތަމަ ދަތުރު ކޮޗިނުން ކުޅުދުއްފުށްޓަށް ކޮށްފައިވަނީ ސެޕްޓެމްބަރު 26، 2020 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް