ads
ފޮޓޯ؛ދިރާގު
ދިރާގު ޓީވީއަށް އައްޒަގެ އާ ޝޯ ތަކެއް!
ދިރާގު ޓީވީއިން މަޝްހޫރު ފިލްމީ ތަރި އައްޒައާ އެކު މުޅިން އާ ދިވެހި ކޮންޓެންޓް އުފެއްދުމަށް ސޮއިކޮށްފިއެވެ.

އެ ކޮންޓެންޓްތައް ދިރާގުޓީވީގެ ވީޑިއޯ އޮން ޑިމާންޑް ލައިބްރަރީ އިން މިއަހަރު ތެރޭގައި އާންމުންނަށް ފެނިގެންދާނެއެވެ.

އެކަމާ ގުޅިގެން އައްޒަ ބުނީ ދިރާގު ކަހަލަ ބޮޑު ކުންފުންޔަކާއެކީ އެކަހަލަ ބޮޑު ޕްރޮޖެކްޓެއްގައި މަސައްކަތް ކޮއްލަން ލިބުމަކީ ހަގީގަތުގައިވެސް ފިލްމީ ކެރިއާގައި ލިބުނު ވަރަށް ބޮޑު ޝަރަފެއް އަދި ބޮޑު ނަސީބެއް ކަމަށެވެ.

"ދިރާގަކީ ފަންނުވެރިންގެ މަސައްކަތް އަގު ވަޒަންކުރާ އަދި ހާއްސަ ގޮތެއްގައި ފިލްމި ފަންނާނުންގެ މަސައްކަތަށް ހިއްވަރުދީ، މާލީގޮތުންނާއި، ފަންނީގޮތުން ދާއިރާ އެހެން ހަރުފަތަކަށް ގެންގޮސް ދިނުމަށް ޕްލޭނަކައިއެކު ވަރަށް  ބުރަމަސައްކަތްތަކެއް ކުރަމުން އަންނަ ފަރާތެއް." އައްޒަ ބުންޏެވެ.

އައްޒަ ވަނީ އެ ފުރުސަތުގައި ކުންފުނީގެ އެންމެހައި އިސްވެރިންނަށާއި، އަދި އެކަމުގައި ބުރަކޮށް މަސައްކަތް ކޮށްދިން ހުރިހާ ސްޓާފުންނަށް ވަރަށް ބޮޑަށް ޝުކުރެއް އަދާކޮށްފައެވެ.   

ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. އެގޮތުން ދިރާގު ޓީވީ ތަޢާރަފް ކުރިތާ ވީ ދެ އަހަރު ދުވަސް ތެރޭގައި ނުހަނު ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްފައިއެވެ. 

އެގޮތުން މިހާރު ރާއްޖޭގެ އާބާދީގެ 74 އިންސައްތަ ޓީވީ ހިދުމަތް ވަނީ ފޯރުކޮށްދީފައިއެވެ. އޭގެ އިތުރުން، ދިރާގުޓީވީ އަކީ ވީޑިއޯ އޮން ޑިމާންޑްގެ ފީޗަ ހިމެނޭ ހަމައެކަނި ހިދުމަތްވެސެ މެއެވެ. 

ދިރާގު ޓީވީގެ ވީއޯޑީ އޮން ޑިމާންޑް އަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް  ބޭނުން ގަޑިއެއްގައި އަދި ބޭނުންތަނެއްގައި ބަލާލެވުމުގެ ފުރުސަތު ހުޅުވައިދޭ ޒަމާނީ ޕްލެޓްފޯމެކެވެ.

ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަވާނެގޮތަކަށް ފަރުމާކުރެވިފައިވާ މި ޕްލެޓްފޯމު މެދުވެރިކޮށް ދިރާގުން ދަނީ ދިވެހި އުފެއްދުންތަށް ކުރިއެރުވުމަށް އެއްބާރުލުންދީ ދިވެހި އުފެއްދުންތަކަށް ވީއޯޑީ އޮންޑިމާންޑް ޕްލެޓްފޯމުގައި ހާއްސަ ފުރުސަތުތަށް މަގު ފަހިކޮށްދެމުންދާނެއެވެ. 

އެގޮތުން ދިރާގުގެ އަމާޒަކީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތަކުގެ ޒަރިއްޔާއިން ދިވެހި ފިލްމީ ދާއިރާ އަދި ދިވެހި ކޮންޓެންޓް ކުރިއެރުވުމަށް މަގުފަހިކޮށް، އިތުރު ހަރުފަތަކަށް އެ ދާއިރާ ގެންގޮސްދިނުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް