ads
ހޯމް މިނިސްޓަރަކަށް ބާރު ދޭކަށް ރައީސް ޔާމީން ބޭނުމެއް ނުވި!
ހޯމް މިނިސްޓަރުގެ މަޤާމުގައި ހުންނަވާ ބޭފުޅަކަށް އެމަޤާމުގެ ބާރުތައް ދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅު ނުވިކަމަށް ރައީސް ޔާމީންގެ ސަރުކާރުގެ ހޯމް މިނިސްޓަރުކަން ކުރައްވާފައިވާ އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.

ސީއެންއެމް ޓީވީގެ "އިތުރުކާފު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަޒްލީން ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު އުމަރު ނަސީރު މަޤާމުން ދުރުކުރުމަށްފަހު ހޯމް މިނިސްޓަރުގެ ބާރުތައް ބަދަލުކޮށްފައިވާ ކަމަށެވެ. 

އަދި ހޯމް މިނިސްޓަރުގެ ބާރުތަކާއި ގުޅޭގޮތުން ރައީސް ޔާމީނާއި އޭރުގެ ބަންޑާރަނައިބު އަނިލްއާއި މަޝްވަރާ ކުރި ކަން ފާހަގަކުރައްވާ އަޒްލީން ވިދާޅުވީ، ހޯމް މިނިސްޓަރަށްބާރުތައް އޮންނަންނުޖެހޭ ކަމަށް ރައީސް ޔާމީން ދެކެލެއްވި ކަމަށެވެ. 

"އޭރުގެ ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ ގޮތުގައި ހޯމް މިނިސްޓަރަށް އެބާރުތައް ހުންނާކަށް ނުޖެހޭ. އެހެންވެ އެބާރުތައް އުމަރު ނަސީރު ހުންނެވި އިރު، އެ ބޭނުންފުޅުވި ގޮތަކަށް ކަންކަން ނުދިޔައިމަ ދެން އެފަހުން އަޅުގަނޑަށް އެބާރުތައް ނުދެއްވާ" އަޒްލީން ވިދާޅުވި އެވެ. 

އަދި އޭރުގެ ހޯމް މިނިސްޓަރަށް ހަމައެކަނި އޮތީ ލޮޖިސްޓިކް ބާރު ކަމަށް އަޒްލީން ވިދާޅުވި އެވެ. 

35%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
39%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް