ads
ކްލަބު ވެެލެންސިޔާ
ޕްރެޒިޑެންޓްސް ކަޕް: ވެލެންސިޔާ މުޅި މުބާރާތް ކުޅުނީ ގަވައިދާ ޚިލާފަށް!
ހަތަރު އަހަރުގެ މެދު ކެނޑުމަކަށް ފަހު އަލުން ފެށުނު ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުން ޖާގަ ހޯދާފައިވާ ކްލަބު ވެލެންސިޔާ، މުޅި މުބާރާތް ކުޅުނީ މުބާރާތުގެ ގަވައިދާ ޚިލާފަށްކަން ހާމަވެއްޖެއެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ގަވައިދުގެ ހަތަރުވަނަ މާއްދާގައި ބުނެފައިވާ ގޮތުން މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމަކުންވެސް މުބާރާތަށް ރަޖިސްޓްރީ ކުރާ އޮފިޝަލުންގެ ތެރޭގައި ކޯޗެއް ހިމަނަން ޖެހެއެވެ. އަދި ޓީމުގެ ކޯޗަކީ ދަށްވެގެން އޭއެފްސީ "އޭ" ލައިސެންސް ލިބިފައިވާ ކޯޗެއްކަމުގައިވާން ޖެހެއެވެ. ގަވައިދުގައި މިހެން ބުނެފައިވީނަމަވެސް ޕްރެޒިޑެންޓްސް ކަޕަށް ވެލެންސިޔާއިން ރަޖިސްޓްރީކޮށްފައިވާ ލިސްޓުގައި ކޯޗެއް ނުހިމެނެއެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ގަވައިދުގެ 4.4: ރަޖިސްޓްރީ ކުރާ އޮފިޝަލުންގެ ތެރޭގައި މެނޭޖަރ، ކޯޗު، މެޑިކަލް އޮފިސަރ، އަދި ގޯލްކީޕަރ ޓްރެއިނަރެއް ހިމަނަން ޖެހޭނެއެވެ.
4.4.1: ޓީމުގެ ކޯޗުގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނީ ދަށްވެގެން އޭއެފްސީ "އޭ" ލައިސެންސް ލިބިފައިވާ ފަރާތެކެވެ.

ކޮންމެ މެޗަކަށް ރަޖިސްޓްރީ ކުރާ ޓީމު ލިސްޓު އެފްއޭއެމުން މެޗުގެ ކުރިން އަދި މެޗަށް ފަހު މެޗު ރިޕޯޓް މީޑިއާއަށް އާއްމު ކުރަމުންދާއިރު، މިއިން ކޮންމެ އެއްޗެއްގައިވެސް ވެލެންސިޔާގެ ޓީމު ލިސްޓުގައި ހިމަނާފައި އޮންނަނީ ތިން އެސިސްޓެންޓް ކޯޗުންނާއި ގޯލް ކީޕަރު ކޯޗެކެވެ. ޓިމުގެ ކޯޗެއް ނޯވެއެވެ. އެހެންކަމުން ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލާ ހިސާބަށް ވެލެންސިޔާއިން ދަތުރުކޮށްފައިވަނީ މުބާރާތުގެ ގަވައިދާ ޚިލާފަށެވެ. 

މިކަމާ ގުޅިގެން އެފްއޭމުން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

 

17%
ކަމުގޮސްފި
23%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
47%
ވަރަށް ސަލާމް
ކޮމެންޓްސް