ads
ރައީސް މައުމޫން- ފޮޓޯ: ސަން
ކޮމަންޑޫ ދާއިރާ:ވޯޓުގައި ނުފޫޒާއި ފިއްތުން ތަކަށް ބޯނުލަނބަން އެމްއާރު އެމްއިން ގޮވާލައިފި
އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ނުފޫޒާއި ފިއްތުން ތަކަށް ބޯނުލަނބަން އެމްއާރު އެމްއިން ގޮވާލައިފިއެވެ.

އެމްއާރްއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ފޯރި އާއެކު އެކި ޕާޓީތަކުން ކެންޕެއިން ކުރަމުންދާއިރު، އިންތިހާބުތަކާ ގުޅޭގޮތުން ރާއްޖޭގައި ހެދިފައި ހުރި ގާނޫނުތަކާއި ގަވާއިދުތަކާ ފުށުއަރާ ގިނަ ކަންކަން މީޑިއާގައި ފެންމަތި ވަމުން އަންނަ ކަމަށެވެ.

ރަށްރަށާއި ދާއިރާތަކަށް އަމާޒުކޮށްގެން އެކިއެކި މަޝްރޫއުތައް ހިންގުމާއި، ކެންޕެއިން ދުވަސްވަރު ކާޑުގެ ބާވަތްތަކާއި، ކާބޯތަކެއްޗާއި، އިލެކްޓްރޯނިކް ސާމާނާއި، ނަގުދު ފައިސާ އަދި ހައްޖާއި އުމްރާ ދަތުރާއި، މަތީ ތައުލީމުގެ ފުރުސަތުތައް ފަދަ "ހަދިޔާ" ރައްޔިތުންނަށް ދިނުމުގެ އިތުރުން ވަޒީފާ އާއި އަސާސީ އެހެނިހެން ހިދުމަތްތަކަށް ނޫފޫޒު ފޯރުވައި، ބިރު ދެއްކުމާއި އަދި އައިޑީ ކާޑު ފޮރުވުން ފަދަ ކަންކަމަކީ އިންތިހާބުގެ މާނަ އޮޅޭފަދަ މިންވަރަށް ރާއްޖޭގައި ހިނގާފައިވާ ކަންކަން ކަމަށް އެމްއާރްއެމްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އަދި ކުރިއަށް އޮތް އިންތިހާބުގައި ވާދަ ކުރާ ހުރިހާ ކެނޑިޑޭޓުންނާއި ޕާޓީ ތަކުން ގާނޫނާއި ހިލާފު ނުވުމަށާއި، ގާނޫނާއި ހިލާފު ކަންކަން ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށްވެސް އެމްއާރްއެމް އިން ވަނީ ބަޔާނުގައި ގޮވާލާފައެވެ.

"ދިވެހިރާއްޖޭގެ ކުރިމަގު ބިނާކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ހިއްސާދާރުންނަކީ ތިޔަ ލޮބުވެތި ރައްޔިތުން ކަމުގައިވާއިރު، މި ޕާޓީއިން ދެކޭ ގޮތުގައި ކުރިއަށް މި އޮތް އިންތިހާބަކީވެސް ރައްޔިތުންނާ ހަވާލު ކުރެވިފައިވާ އަގުހުރި އަމާނާތެކެވެ. އަދި އެއީ އަޅުގަނޑުމެން މި އެދޭ އިސްލާހް ގެނައުމަށް ލިބޭ އިތުރު ފުރުސަތެކެވެ. އެހެންކަމުން މި އިންތިހާބުގައި ވޯޓު ދެއްވާއިރު، ނުފޫޒާއި ފިއްތުންތަކަށް ބޯ ނުލަނބައި، ގާނޫނުން ކަށަވަރުކޮށްދީފައިވާ އަމިއްލަ އިހްތިޔާރުގައި ވޯޓު ލުމުގެ ހައްގު އަމާނާތްތެރިކަމާއެކު ބޭނުންކުރެއްވުމަށް މި ޕާޓީން ގޮވާލަމެވެ. އަދި ވޯޓު ދެއްވުމުގައި، ވަގުތީ ގޮތުން ލިބޭ ފައިދާގެ ބަދަލުގައި ރައްޔިތުންނަށް ފައިދާވާނެ ސިޔާސަތުތައް ހުށަހަޅާ، އެ ސިޔާސަތުތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގެ ގާބިލްކަން ހުރި ކެނޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ގޮވާލަން." އެމްއާރްއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ބަޔާނުގައި ބުނެފައިވަނީ، ކެންޕެއިންގެ ދުވަސްވަރު ގާނޫނާ ހިލާފު ކަންކަން ނުހިނގާކަން ކަށަވަރުކޮށް، ކުރިއަށް އޮތް އިންތިހާބަކީ އިންސާފުވެރި ސައްހަ އިންތިހާބަކަށް ހެދުމަށް އިލްކްޝަންސް ކޮމިޝަނާއި، ކަމާއި ގުޅޭ އެހެނިހެން މިނިވަން މުއައްސަސާތައްވެސް، ޒިންމާދާރު ކަމާއި، ގާނޫނުން ލިއްބައިދީފައިވާ ފުރިހަމަ ބާރާއިއެކު މަސައްކަތް ކޮއްދެއްވުމަށް ގޮވާލާ ކަމަށެވެ. 

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެގެން ދިޔައީ، އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު މިދިޔަ މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމުންނެވެ.  

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް