ads
ދަގަނޑޭ އަލިފުށީގައި
ޕްރެޒިޑެންޓްސް ކަޕް: ފައިނަލް މެޗު ދުވަހު ދަގަނޑޭ އަލިފުށްޓަށް
ރ. އަލިފުށި: ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަހަރު އެންމެ މެޗެއް ނުކުޅުނަމަވެސް، ރާއްޖޭގެ އެއްމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަދި ފައިނަލުގައި އެއް ކޮޅުން ވާދަކުރާ ކްލަބު ވެލެންސިޔާގެ ފޯވާޑު އަލީ އަޝްފާގު އަލިފުށްޓަށް އަތުވެއްޖެއެވެ.

ދަގަނޑޭ އަލިފުށްޓަށް އައީ އާދިއްތަ ދުވަހު ހެނދުނުއެވެ. ފައިނަލް މެޗު އޮންނާނީ އާދިއްތަ ދުވަހު ހަވީރުއެވެ. ފައިނަލް މެޗުގައި ދަގަނޑޭ ކުޅޭނެ ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެއެވެ. 

ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުން، ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި ވެލެންސިޔާއިން ޖާގަ ހޯދިއިރު އެންމެ މެޗެއްގައިވެސް ދަގަނޑޭ ނުކުޅެއެވެ. ދަގަނޑޭ އެންމެ ފަހުން ކުޅުނީ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައެވެ. އެ މެޗުގައި ވެލެންސިޔާވަނީ މާޒިޔާ އަތުން ފަސް ލަނޑު ސުން ލަނޑުގެ ބޮޑު ތަފާތަކުން ބަލިވެފައެވެ.

ވެލެންސިޔާއިން ޗެރިޓީ ޝީލްޑްގެ މެޗުގެ ފަހުން ކުޅުނު އެއްވެސް މެޗެއްގައި ދަނގަޑޭ ނުކުޅުނު ނަމަވެސް އަތޮޅުތަކުގައި ކުޅުނު ބައެއް މުބާރާތްތަކުގައި މި ފަހުން ދަގަނޑޭވަނީ ކުޅެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް