ads
އެއާޕޯޓެއްގައި ކޮރޯނާ ވައިރަހަށް ސްކްރީން ކުރަނީ-- ފޮޓޯ: ހަލީޖް ޓައިމްސް
ލަންކާއިން ޗައިނާ މީހުންނަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލައިފި
ސްރީލަންކާގައި ކޮރޯނާ ވައިރަސް ޖެހިފައި ހުރި މީހަކު ފެނުމާއެކު އެގައުމަށް އެތެރެވާ ޗައިނާ މީހުންނަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލައިފި އެވެ.

ލަންކާގައި ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެފައި ވަނީ އުމުރުން 40 އަހަރުގެ ޗައިނާ އަންހެނެކެވެ. އޭނާގެ ގައިން ވައިރަސް ފެނުނީ ޗުއްޓީ ނިންމުމަށް ފަހު ފުރަން އުޅެނިކޮށެވެ. 

ޗައިނާ ރައްޔިތުންނަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލުމާއެކު ދެން އެގައުމުން އަންނަ މީހުން ލަންކާއަށް އެތެރެވުމަށް ވިސާއަށް އެދި ހުށަހަޅަން ޖެހޭނެ އެވެ. 

އޭގެ އިތުރުން ކޮލޮމްބޯ އެއާޕޯޓުގައި ޕަސަންޖަރުން ނޫން އެހެން އެއްވެސް މީހަކަށް އެއާޕޯޓު ތެރެއަށް ނުވަދެވޭނެހެން ވަނީ ބަންދުކޮށްފަ އެވެ. 

ޗައިނާގައި ތިބި ލަންކާ މީހުން އެނބުރި ގައުމަށް އަންނަން ފަށާފައި ވާއިރު، އިއްޔެ ވެސް ވަނީ 65 ދަރިވަރަކު އަނބުރާ ގައުމަށް ގެނެސްފަ އެވެ. 

ލަންކާ ސަރުކާރުން ބުނާ ގޮތުގައި ފާއިތުވި ތިން ދުވަހުގެ ތެރޭގައި 204 ދަރިވަރުން ވަނީ އަނބުރާ ގައުމަށް ގެނެސްފަ އެވެ. 

އަލަށް ފެނިގެން އުޅޭ ކޮރޯނާ ވައިރަހުގައި މިހާތަނަށް 106 މީހުން މަރުވެފައި ވާއިރު، 4500 މީހުންނަށް ވަނީ އެ ވައިރަހުގެ އަސަރުކޮށްފަ އެވެ. އެ ވައިރަސް އެންމެ ފުރަތަމަ ފެނުނީ ޗައިނާއިންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް