ads
އައްޑު ސިޓީ ކޮވިޑް ފެސިލިޓީ ފޮޓޯ: ސޯޝަލް މީޑިއާ
ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އަނެއްކާވެސް މައްޗަށް، މިއަދު 2707
ރާއްޖެއިން އިތުރު 2707 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާކަމަށް އެޗްޕީއޭއިން ހާމަ ކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީ) އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑިއިރު ރާއްޖެއިން 2707 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. 

އޭގެތެރޭގައި ހިމެނެނީ އަތޮޅުތެރޭގެ ރަށްތަކުން 761 މީހަކާއި، މާލެ ސަރަހައްދުން 1420 މީހުންނާއި، ރިސޯޓުތަކުން 94 މީހެއްގެ އިތުރުން ރާއްޖެއިން ބޭރުގައި ދިރުއުޅެމުންދާ ދިވެހިންގެ ތެރެއިން ތިން މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން 7681 ސާމްޕަލް ޓެސްޓް ކުރެވިފައިވާއިރު، މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 15721 ގައެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ މީހުންގެ އަދަދު ވަނީ 52 އަށް އަރާފައެވެ.

ކޮވިޑް ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 120168 ގައި އުޅޭއިރު ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދަކީ 104164 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް