ads
ތިލަމާލެ ބްރިޖުގެ ކުރެހުމެއް
ތިލަމާލެ ބްރިޖް އެޅުމަށް ބިން ވަރުގަދަތޯ ބަލާ ސާވޭގެ މަސައްކަތް ފަށައިފި
ތިލަމާލެ ބްރިޖް އެޅުމުގެ ކުރިން، އެސަރަހައްދުގެ ބިމުގެ ވަރުގަދަކަން ވަޒަން ކުރުމަށް ކުރަންޖެހޭ މުހިއްމު ޖިއޯޓެކްނިކަލް ސާވޭގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
Advertisement

ޕްލޭނިން މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ބުނީ މާލެ ތިލަފުށި ލިންކް މަޝްރޫއު ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރު، އޮފްކޯންސް އިންފްރާސްޓްރަކްޗާގެ ފަރާތުން ތައްޔާރުކުރާ ޑީޓެއިލް ޑިޒައިނަށް ބޭނުންވާ ޖިއޯޓެކްނިކަލް ސާވޭތައް ކުރުމަށް ބައެއް އިކުއިޕްމަންޓުތައް ރާއްޖެ ގެނެސްފައިވާ ކަމަށާއި ދެ ދުވަހުގެ ތެރޭގައި މާލެ އަދި ވިލިނގިލީގައި އެ ޖިއޯޓެކްނިކަލް ސާވޭގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.  

ނަމަވެސް އެމަސައްކަތް ފަށާފައިވަނީ އޭގެ ތިން ދުވަސް ފަހުން މިދިޔަ އާދިއްތަ ދުވަހުއެވެ. މިމަސައްކަތަށް މާލޭ އިންޑަސްޓްރިއަލް ވިލެޖުގެ ބޮޑު ބައެއް ވަނީ ބަންދުކޮށްފައެވެ. ތިލަމާލެ ބުރިޖުގެ މަސައްކަތަށް ހުސްކޮށްފައިވަނީ ސިފައިންގެ ކަޅުތުއްކަލާ ކޮށި ކުރިމަތިން އޮންނަ ބިމާއި ޖެހިގެން އޮތް ބިމެވެ. އަދި އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގައި އޮންނަ ވެމްކޯ ސައިޓާއި ޑްރައިވިން ޓެސްޓް ހަދާ ސަރަހައްދާ ދެމެދުގައި އޮންނަ މަގުގެ އެއް ބަޔާއި އެ މަގާ ޖެހިގެން އެތެރެ އަށް އޮންނަ މަގު ވެސް ވަނީ ކޮންކްރީޓް ބެރިތަކެއް ޖަހާ ބަންދުކޮށްފައެވެ. 

ތިލަމާލެ ބުރިޖަކީ ޖުމުލަ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެ މަޝްރޫއަށް ބޭނުންވާ މާލީ އެހީ ހަމަޖައްސާފައި ވަނީ އިންޑިއާގެ ހިލޭ އެހީގެ ދަށުންނާއި އެ ގައުމުގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓުގެ ދަށުންނެވެ. 

މިއަހަރުގެ ކުރީކޮޅު ތިލަމާލެ ބުރިޖުގެ މަސައްކަތް ފަށާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ތިލަމާލެ ބުރިޖު އެޅުމަށް ހަދަންޖެހޭ ސާވޭގެ މަސައްކަތް ފުރަތަމަ ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެފަހަރު ކުރި ސާވޭ އަކީ ލޭންޑް އެންޑް މެރިން ސާވޭއެކެވެ. 

އާދިއްތަ ދުވަހު މި ފެށި ޖިއޯޓެކްނިކަލް ސާވޭ އަކީ ބިމުގެ ވަރުގަދަކަން ވަޒަން ކުރުމަށް ކުރާ ސާވޭއެކެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް