ads
ބާ ކައުންސިލްގެ މެމްބަރުންނާއި ރައީސް ބައްދަލުކުރައްްވަނީ--
ބާ ކައުންސިލްގެ 2021 ވަނަ އަހަރުގެ، އަހަރީ ޖަލްސާ ފެބްރުއަރީ 9 ގައި
ދިވެހިރާއްޖޭގޭ ބާ ކައުންސިލުގެ 2021 ވަނަ އަހަރު އަހަރީ ޢާންމު ޖަލްސާ، 9 ފެބުރުވަރީ 2022 ވާ ބުދަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ބާއްވާ ގޮތަށް ހަމަ ޖައްސައިފިއެވެ.

އޮންލައިންކޮށް ބޭއްވުމަށް ހަމަޖެހިފައިވާ އެޖަލްސާއަށް ބާ ކައުންސިލުގެ އެންމެހާ މެންބަރުންނަށް އަންގައި، އެ ޖަލްސާގައި ބައިވެރިވުމަށް ވަނީ ދަޢުވަތު އަރުވާފައެވެ.  

އަހަރީ ޢާންމު ޖަލްސާއަށް ރަޖިސްޓަރކުރެއްވުމަށް ބޭނުން ކުރައްވާނީ https://bit.ly/3nTUWz8 މި ގޫގުލް ފޯމް ލިންކު އެވެ.

އަދި ޖަލްސާގެ އެޖެންޑާގައި ޢާންމު މެމްބަރުން ހިމަނަން ބޭނުންވާ ކަންކަން އަންނަ ފެބުރުވަރީ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ތިރީގައިވާ އީ-މެއިލް މެދުވެރިކުރައްވައި، ބާ ކައުންސިލަށް ހުށަހެޅުއްވުމަށްވެސް އެކައުންސިލުން އެދެއެވެ.

[email protected]

މި ޖަލްސާގެ އެޖެންޑާ މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެކަމަށާއި، އަދި އަހަރީ އާންމު ޖަލްސާއާގުޅޭ އަންނަނިވި ލިޔެކިޔުންތައް، ތިރީގައިވާ ބާ ކައުންސިލުގެ ވެބްސައިޓު ލިންކުން ލިބިވަޑައިގަންނަވާނެ ކަމަށްވެސް އެކައުންސިލުން ބުނެއެވެ.

   1) ބާ ކައުންސިލުގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ

   2) ބާ ކައުންސިލުގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓް

   3) ބާ ކައުންސިލުގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް

   4) ބާ ކައުންސިލުގެ 2022 ވަނަ އަހަރުގެ އެނުއަލް ވަރކް ޕްލޭން

https://maldivesbarcouncil.org/agm/ 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް