ads
ކަސްޓަމސް ގެ މުވައްޒަފުން ފޮޓޯ ކަސްޓަމްސް
ކޫރިއާމުދާ އަވަސްކުރުމަށާއި، މަސްތުވާތަކެއްޗާ ދެކޮޅަށް ކަސްޓަމްސްގައި ޔުނިޓްތަކެއްހަދައިފި
ކޫރިއާ މުދާ އެއާޕޯޓުން ކްލިއާ ކުރުން އަވަސް ކުރުމަށާއި، މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަށް އިތުރަށް ފުޅާ ކުރުމަށް ކަސްޓަމްސް ގައި ދެ ޔުނިޓެއް ގާއިމް ކޮށްފިއެވެ.

ބައިނަލްއަގްވާމީ ކަސްޓަމްސް ދުވަސް ފާހަގަ ކުރުމުގެގޮތުން އިއްޔެ ކަސްޓަމްސް ބިލްޑިންގ ގައިބޭއްވި ހަފްލާއެއްގައި ކަސްޓަމްސްގެ ކޫރިއަ ކާގޯ ޔުނިޓެއް އިފްތިތާހް ކުރުން އޮތެވެ. 

ކޫރިއަ ސަރވިސް މުދާ ބަލައި ފާސްކުރުމަށް ޙާއްސަ ޔުނިޓެއް ތަޢާރަފް ކުރުމުގެ މައިގަނޑު މަގްސަދަކީ ކޫރިއަ މެދުވެރިކޮށް ރާއްޖެއަށް ގެންނަ މުދަލުގެ ނިސްބަތް ދުވަހުން ދުވަހަށް އިތުރުވަމުންދާތީ ކޫރިއަ ސަރވިސް މެދުވެރިކޮށް ގެންނަ މުދަލާގުޅިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ކަސްޓަމްސްއިން ފޯރުކޮށްދޭ ހިދުމަތް ހަލުވިކޮށް ފެންވަރު ރަނގަޅުކުރުމަށާއި، މުދަލުގެ ކޮންޓްރޯލް ހަރުދަނާކޮށް ބެލެހެއްޓުން ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މީގެ އިތުރުން ސްޕެޝަލް އޮޕަރޭޝަންސް ޓެކްނިކަލް ޓީމެއްގެ އިތުރުން ސަވެއިލަންސް މަސައްކަތަށް ހާއްސަ ޔުނިޓެއްވެސް ވަނީ  އިފްތިތާޙް ކޮށްފައެވެ. 

މި ޓެކްޓިކަލް ޓީމް ގާއިމްކުރުމުގެ މައިގަނޑު މަގްސަދަކީ ކަސްޓަމްސްގެ އެންފޯސްމަންޓް މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ ކޮށް، ވަކިން ހާއްސަކޮށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަށް އިތުރަށް ފުޅާ ކުރުން ކަމަށް ކަސްޓަމްސް އިން ބުނެއެވެ. އެގޮތުން މި ޓީމްގެ މަސައްކަތްތަކުގެ ސަބަބުން އިންޓެލިޖެންސާއި ރިސްކް މެނޭޖްމަންޓްއަށް ބިނާކޮށް މަސްތުވާ ތަކެއްޗާއި ގާނޫނާއި ގަވައިދާއި ހިލާފް އަމަލުތައް ހުއްޓުވުމަށްޓަކައި ހިންގާ އޮޕަރޭޝަންތައް ހަރުދަނާ ވެގެންދާނެ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
މިޓީމްގެ އޮޕަރޭޝަންތަކުގައި ބަލާ ފާސްކުރުމުގެ އެންމެ ޒަމާނީ ވަސީލަތްތައް ބޭނުން ކުރެވޭނެ ކަމަށާއި، އަދި މި އޮޕަރޭޝަންތައް މާލެސަރަޙައްދުގެ އިތުރުން، ރީޖަނަލް ކަސްޓަމްސްތަކުގައިވެސް ހިންގޭނެ ކަމަށް އެ އޮފީހުން ބުނެއެވެ.


ބައިނަލްއަގްވާމީ ކަސްޓަމްސް ދުވަހުގެ މިއަހަރުގެ ޝިޔާރުކަމަށްވާ "ޑޭޓާ އަށް ފަހި ވެއްޓެއް ޤާއިމް ކުރުމާއި، ޑޭޓާގެ ޘަޤާފަތެއް އަށަގަންނުވައިގެން ކަސްޓަމްސްގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމުގައި ކުރިއަރައި ދިއުން" ގެދަށުން ހާއްސަ މަސައްކަތްތަކެއް ކޮށްފައިވާ 19 އޮފިސަރަކަށް ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާގެ މެރިޓް ސެޓްފިކެޓް ދެއްވުން އިއްޔެގެ ހަފްލާގައި އޮތެވެ. 

މި އޮފިސަރުންނަށް ސެޓްފިކެޓް ބައްސަވައިދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދު ޝަރީފެވެ.
މި ހަފްލާގައި ޝަރީފް ދެއްކެވި ވާހަކަފުޅުގައި މިއަހަރުގެ ބައިނަލްއަޤްވާމީ ކަސްޓަމްސް ދުވަހުގެ މިއަހަރުގެ ޝިޔާރަކީ ކޮވިޑް9 ގެ މިދުވަސްވަރާ ވަރަށް މުނާސަބު ޝިއާރެއް ކަމަށް ފާހަގަކުރެއްވިއެވެ. ޓެކްނޮލޮޖީގެ ޒަރީއާއިން މިއަދު މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުޅި ކްލިއަރެންސް ޕްރޮސެސް މިވަނީ ޑިޖިޓަލައިޒް ކުރެވިފައިކަމާ، އަދި މިކަމުގެ ސަބަބުން ކަސްޓަމްސްގެ ހިދުމަތްތައް ހޯދުމުގައި އާންމު ރައްޔިތުންނަށް ވަރަށް ބޮޑުތަން ލުއިފަސޭހެ ވެފައިވާކަމަށް ކޮމިޝަނަ ޖެނެރަލް އަލިއަޅުވާ ލެއްވިއެވެ. މީގެ އިތުރުން، މިއަދުގެ ހަފްލާގައި އިފްތިތާޙް ކުރެވުނު ކޫރިއަރ ކާގޯ ޔުނިޓްގެ ސަބަބުން ކުރިއަ ކާރގޯގެ ކްލިއަރަންސް ޕްރޮސެސް އަވަސް ވުމުގެ އިތުރުން، އެއާ ކާގޯގައި ޖެނެރަލް ކާގޯގެ  ކްލިއަރިން ޕްރޮސެސް އަވަސްވެގެން ދާނެކަމަށް ކޮމިޝަނަރ ޖެނެރަލް ވިދާޅުވިއެވެ. 

އަދި ކަސްޓަމްސްއިން އަދާ ކުރަމުންދާ ބޯޑަ ސެކިއުރިޓީ ރޯލުގެ މައްޗަށް އަލިއަޅުވާލައި ދެއްކެވި ވާހަކަފުޅުގައި މިއަދުގެ ހަފްލާގައި އިފްތިތާޙް ކުރެވުނު ސްޕެޝަލް އޮޕަރޭޝަންސް ސެކްޝަންގެ ޓެކްނިކަލް ޓީމްގެ ސަބަބުން މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ކުރެވެމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ވާނެ ކަމަށް ވިދާޅުވިއެވެ.

މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް