ads
ފޮޓޯ: އެމްއޭސީއެލް
ނިމުނުތާ ތިން އަހަރު ފަހުން އާ ރަންވޭ މާދަމާ ބޭނުން ކުރަން ފަށަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާ ރަންވޭ ނިމުނުތާ ތިން އަހަރު ފަހުން އެ ރަންވޭ ބޭނުން ކުރަން މާދަމާ ފަށާނެ ކަމަށް އެމްއޭސީއެލް އިން ބުނެފިއެވެ.
Advertisement

ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ދެހާސް އަށާރަ ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހު، އިހްތިހާދުގެ އޭ380 ބޯޓެއް ޖައްސައި، އާ ރަންވޭ ހުޅުވި ނަމަވެސް އެތަން ބޭނުން ކުރަން ފަށާފައެއް ނުވެ އެވެ.  

މިކަމާއި ގުޅިގެން އެކުންފުނިން ބުނީ، ރަންވޭ މާދަމާ އިން ފެށިގެން ބޭނުން ކުރަން ހަމަޖައްސާފައި ވާކަމަށެވެ. އެހެން ނަމަވެސް އާ ރަންވޭ ބޭނުން ކުރާނީ، ޓެކްސީ ވޭއެއްގެ ގޮތުގައި ކަމަށާއި، މިހާރުގެ ރަންވޭގައި ބޯޓު ޖެއްސުމަށް ފަހު އަނބުރާލާފައި ޕާކު ކުރަން ދާން ބޭނުން ކުރާ މަގެއްގެ ގޮތުގައި ކަމަށެވެ.

މި އާއި އެކު ރަންވޭގައި ބޯޓުތައް ނުޖެއްސި ހޭދަވާ ވަގުތު ކުޑަވެގެން ދާނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ. މާދަމާ ރަންވޭގެ ބޭނުން ކުރަން ފެށި ނަމަވެސް އާ ރަންވޭގައި ބޯޓުތައް ޖެއްސުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހު ކޮޅު ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ. 

އާ ރަންވޭ ބޭނުން ނުކޮށް ލަސްވަމުން ދަނީ އެސަރަހައްދުގައި ހުރި ޓީއެމްއޭގެ ސީޕްލޭން ޓާމިނަލް އެސަރަހައްދުން ނުނެގިގެންނެވެ. އެހެން ނަމަވެސް އާ ސީޕްލޭން ޓާމިންލަ މިހާރު ނިމިފައި ވާއިރު، އެތަން އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ހަލުވި ކަމާއި އެކު އަންނަނީ ކުރަމުން ކަމަށް އެއާޕޯޓު ކުންފުނިން ބުނެވެ.

އާ ރަންވޭ ހެދީ ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) ކުންފުނިންނެވެ. އެތާނގެ ރަންވޭގެ ދިގު މިނުގައި 3,400 މީޓަރު ހުންނައިރު، ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް