ads
ބުޅާ----
ބުޅާގެންގުޅޭ ފެސިލިޓީ ހަދާނެ ބަޔަކު ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރު ކޮށްފި
މާލެސިޓީގައި ބުޅާގެންގުޅުމަށް ފެސިލިޓީއެއް ހެދުމަށް، ބަޔަކު ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރު ކޮށްފިއެވެ.

މިއީ މިއިއުލާނުގެ މުއްދަތު އިތުރު ކުރި ތިންވަނަ ފަހަރެވެ. އެހެންނަމަވެސް މުއްދަތު އިތުރު ކުރީ ކީއްވެގެން ކަމެއް ބުނެފައެވެ. ނުވެއެވެ.

އިއްޔެ ކުރި އިއުލާނުގފައި ބުނެފައިވަނީ މިފަހަރު މުއްދަތު އިތުރު ކޮށްފައިވަނީ މާޗް މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
މާލެ ސިޓީގައި ބުޅާ ގިނަވެފައިވާއިރު ކައުންސިލުން ބޭނުންވަނީ އެކައުންސިލުން ދައްކާ ތަނެއްގައި ފެސިލިޓީ ހެދުމަށެވެ. ބުޅާގެންގުޅޭ ފެސިލިޓީ ހިންގާނީ އެތަން ހަދާ ބަޔަކާ ހަވާލު ކޮށްގެންނެވެ.

ކުރިން މާލެސިޓީ ކައުންސިލުން ނިންމާފައި އޮތީ ހުޅުމާލޭގައި ބުޅާ ފެސިލިޓީ ހިންގާށެވެ.
ކައުންސިލުން ބުނެފައިވަނީ ބުޅަލުގެ ސަބަބުން މީހުންނަށް އުނދަގޫތައް ކުރިމަތިވާ ކަމަށާއި ، ބުޅާ ބަލަހައްޓާ ފެސިލިޓީ ހިންގާނީ އެކަމުގެ ތަޖްރިބާ ހުރި މީހުްނނާ ހަވާލު ކޮށްގެން ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް