ads
ވެލާނޭ އިންޓަނޭޝަނަލް އެއާޕޯޓުގެ އާރަންވޭ މިއަދު ވަނީ ބޭނުން ކުރަން ފަށާފައި
ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓްގެ އާ ރަންވޭ ބޭނުން ކުރަން ފަށައިފި
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭ ، ވަގުތީ ގޮތުން ޓެކްސީވޭއެއްގެ ގޮތުގައި ބޭނުންކުރަން ފެށައިފިއެވެ.
Advertisement

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ތަރައްޤީކޮށްފައިވާ އާ ރަންވޭ ވަގުތީގޮތުން ޓެކްސީވޭއެއްގެ ގޮތުގައި މިއަދު ހެނދުނު ބޭނުންކުރަން ފަށައިފިއެވެ. 

your imageއާރަންވޭގައި ފްލައިޓެއް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ބުނީ އާ ރަންވޭ ޓެކްސީވޭއެއްގެ ގޮތުގައި ބޭނުންކުރަން ފެށުމާއިއެކު، އެއަރޕޯޓްގެ އޮޕަރޭޝަން މިހާރަށް ވުރެ ހަލުވިވެ ހަރުދަނާ ވެގެންދާނެކަމަށެވެ. އެގޮތުން މިހާރު ގަޑިއެއްގެ ތެރޭގައި 8 މަތިންދާބޯޓަށް ރަންވޭ ބޭނުން ކުރެވޭއިރު، މި ބަދަލާއެކު މިއަދަދު 16 މަތިންދާބޯޓަށް އިތުރުވެގެން ދާނެ ކަމަށާއި، އަދި ޕީކް ގަޑިތަކުގައި މިއަށްވުރެ ގިނަ މަތިންދާބޯޓަށް ހިދުމަތްދެވޭނެކަމަށެވެ.

your imageއާރަންވޭގައި ބޯޓެއް ޖައްސާފައި

މިއާއިއެކު، ވައިގެ ތެރޭގައި ފްލައިޓް މަޑުކުރަންޖެހޭ ވަގުތު އެތައްގުނައެއް ކުޑަވެގެންދާނެ ކަމަށާއި، މިހާރުގެ ރަންވޭ، ޓެކްސީވޭއެއްގެ ގޮތުގައި ބޭނުންކުރަމުން ދިޔުމާއި އެކު މަތިންދާބޯޓެއް ޖެއްސުމަށްފަހު ރަންވޭ ހުސްކުރުމަށް ހޭދަވާ 10 ވަރަކަށް މިނެޓު، 2 މިނެޓަށް ކުޑަވެގެންދާނެ ކަމަށްވެސް އެމްއޭސީއެލްއިން ބުނެއެވެ. 

އެހެންކަމުން އެމްއޭސީއެލްއިން ބުނީ އިތުރު މަތިންދާބޯޓްތަކަށް ރަންވޭއަށް ޖެއްސުމާއި ނައްޓާލުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަވެ ދަތުރުވެރިންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. ވަގުތީގޮތުން ޓްކްސީވޭއެއްގެ ގޮތުގައި އައު ރަންވޭ ބޭނުންކުރަން ފެށި ނަމަވެސް ފްލައިޓް ޖައްސާ ފުރުމަށް މިއަހަރުގެ ތިންވަނަ ކުއާޓަރުގައި މިރަންވޭ ބޭނުންކުރަންފަށާނެކަމަށްވެސް އެކުންފުނިން ބުނެއެވެ. ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތަށް އެންމެ ބޮޑެތި ފަސިންޖަރ މަތިންދާބޯޓުތަކަށް ޖެއްސޭ ފެންވަރަށް ތަރައްޤީކޮށްފައިވާ މި ރަންވޭއަކީ 3400 މީޓަރ ދިގު އަދި 65 މީޓަރ ފުޅާ ރަންވޭއެކެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް