ads
ޅ. ހިންނަވަރަށް އެތެރެ ކުރަން އުޅުނު ބަނގުރާ ފުޅިތައް-- ފޮޓޯ: ޕޮލިސް މީޑިއާ
ހިންނަވަރަށް އެތެރެ ކުރަން އުޅުނު ބަނގުރާ ފުޅިތަކެއް އަތުލައިގެންފި
ޅ. ހިންވަރަށް އެތެރެ ކުރަން އުޅުނު ބަނގުރާ ފުޅިތަކެއް ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އެ ތަކެތި ފުލުހުން ހޯދާފައި ވަނީ މާލެއިން ފުރައިގެން ހިންނަވަރަށް ދަތުރު ކުރި ބޯޓަކުންނެވެ. އެ ބޯޓު ހިންނަވަރާ ކައިރި ކުރުމުން، އޭގައި ހުރި ފޮއްޓެއްގެ ތެރެއިން 10 ފުޅި ބަނގުރާ ފެނިފައި ވެއެވެ. 

އެ ބަނގުރާ ފުޅިތައް އަތުލައިގަނެފައި ވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންނަވަރު ފުލުހުންނާ ގުޅިގެން މިއަދު 05:13 ހާއިރު ހިންގި އޮޕަރޭޝަނެއްގަ އެވެ. 

ފުލުހުން ބުނީ އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް، ހިންނަވަރު ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ފުލުހުންގެ ތަފާސްހިސާބަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް މަސްތުވާތަކެއްޗާ ގުޅުން ހުރި 130 މައްސަލައެއް ހުށަހެޅިފައި ވެއެވެ. މިދިޔަ އަހަރު އެފަދަ 2189 މައްސަލަ ހުށަހެޅި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް