ads
އިޖީއެމްއެޗް ޑޮކްޓަރުން
ދެން އޮތީ ޑޮކްޓަރުންނާއި ނަރުހުންގެ މުސާރަ ބޮޑު ކުރުން: ރައީސް
ކުރިޔަށް ދެން އޮތީ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ އެމްޑީޕީ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް އެރަށަށް ކުރެއްވި ދަތުރުފުޅުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މިއަހަރުތެރޭގައި އެކަމާއި ގުޅޭގޮތުން ދިރާސާއެއް ހެދިގެން ދާނެ ކަމަށެވެ. އަދި ދިރާސާތައް ނިމުމާއެކު ސިއްހީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމަށް ވިދާޅުވިއެވެ.

ފަހަކަށް އައިސް ރާއްޖޭގެ ސިއްހީ ދާއިރާގާ މަސައްކަތްކުރާ ގިނަ ފަރާތްތަކެއްގެ ޝަކުވާ ދަނީ ސަރުކާރަށް އަމާޒުވަމުންނެވެ. އެގޮތުން މުސާރަ ކުޑަވުމާ އެލެވަސްން ނުލިބުގެ ޝަކުވާތައް ހިމެނެއެވެ. 

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ މުސާރަ ބޮޑު ކުރާނެ ކަމަށް ރައީސް ވިދާޅުވެފައި މިވަނީ ޓީޗަރުންގެ މުސާރަ މިއަހަރު މޭ މަހު ބޮޑު ވާނެކަން މިއަދު ރިޔާސީ ބަޔާނުގައި އިއްވެވުމަށް ފަހުގަ އެވެ. އެގޮތުން ޑީގްރީ ފެންވަރުގެ ޓީޗަރުންގެ މުސާރަ އަންނަ މޭ މަހުން ފެށިގެން 19700 ރުފިޔާއަށް ބޮޑު ކުރާނެކަމަށް ރައީސް ސާލިހު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް