ads
ހދ. ކުޅުދުއްފުށި، މާވިނާ، އަހްމަދު އާތިފް
ކުޅުދުއްފުށި މޭޔަރު ކަމަށް ވާދަކުރައްވާ އާތިފަށް ޑެޕިއުޓީ މިނިސްޓަރުކަން!
އެމްޑީޕީގެ ޓިކެޓްގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށްޓަކައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަމުން ގެންދަވާ އަހްމަދު އާތިފް ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަންކުރައްވައިފި އެވެ.

ޑެޕިއުޓީ މިނިސްޓަރު ކަމަށް އާތިފް އައްޔަންކުރެއްވި ވަކި ދުވަހެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ. ނަމަވެސް އާތިފް މި މަގާމަށް އައްޔަންކުރެއްވިކަން ރައީސް އޮފީހުން މިއަދު ވަނީ ޔަގީންކޮށްދީފަ އެވެ. 

އާތިފް މީގެކުރިން ވަނީ ހދ. އަތޮޅު ކައުންސިލްގެ ރައީސް ކަމާއި ނައިބު ރައީސްގެ މަގާމުވެސް ފުރުއްވާފަ އެވެ.

އާތިފް މީގެކުރިން ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އެވިޑް ކޮލެޖުން ގްރެޖުއޭޓް ޑިޕްލޮމާ ހާސިލްކުރައްވާފަ އެވެ. އަދި މިހާރު އޭނާ ގެންދަވަނީ ބްރިޓިޝް ސްކޫލް އޮފް ކޮމާސް އިން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވަމުންނެވެ. 

އެމްޑީޕީގެ ޓިކެޓްގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށްޓަކައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަނީ ހދ. ކުޅުދުއްފުށި، މާވިނަ، އަހްމަދު އާތިފްގެ އިތުރުން ކުޅުދުއްފުށި، ހިލްމަން، މުހައްމަދު އާތިފް އެވެ. 

އެމްޑީޕީގެ ޕްރައިމަރީ އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާއިރު ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅަކަށް މިއަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓް ލިބިގެންދާނެ އެވެ. 

އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް އެއް ދުވަހަށް ވެފައި ވަނިކޮށް އަދި ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ތިން މަސް ދުވަހަށް ވެފައި ވަނިކޮށް އާތިފަށް ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ދޭން ނިންމެވި ސަބަބެއް ހޯދާލުމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް ހޫދަށް ގުޅާލި ނަމަވެސް އޭނާ މިވަގުތު ޗުއްޓީއެއްގައި ރާއްޖެއިން ބޭރުގައި ހުންނެވުމާ ގުޅިގެން ރައީސް އޮފީހުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް