ads
ފޮޓޯ: ޔޫޕީއައީ
ފިރިމީހާ ފޮނުވީ ކުކުޅު ގަންނަން، ގެނައީ އެއް ލައްކަ ޑޮލަރު
އަންހެނުން ބުނެގެން ފިހާރައަށް ކުކުޅު ގަންނަން ދިޔަ މީހަކަށް އެއް ލައްކަ ޑޮލަރު (ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާ) ލިބިއްޖެ އެވެ.

އެމެރިކާގެ މެރީ ލޭންޑްގެ ފިރިހެނެއް ފިހާރައަށް ދިޔައީ އޭނާގެ އަންހެނުންގެ އެދުމުގެ މަތިން ކުކުޅެއް ގަންނާށެވެ. އުމުރުން 52 އަހަރުގެ ފިރިހެން މީހާ ބުނިގޮތުގައި އޭނާ ފިހަރާއަށް ދިޔައީ ރޭގަނޑުގެ ކެއުމަށް ތައްޔާރު ވުމަށް ޓަކައެވެ.

ފިހާރާގައި ހުރެ އޭނާ ވަނީ ވެންޑިން މެޝިނަކުން 10 ޑޮލަރުގެ ސްކްރެޗް އޮފް ލޮޓަރީ ޓިކެޓެއް ގަނެފަ އެވެ. ލޮޓަރީ ޓިކެޓްގަ އިން ވަރެ ބަލާލީ ރޭގަނޑު ކެއުމުގެ ތެރެއިން ކަމަށް އޭނާ ބުނެ އެވެ.

"އަހަރެން ފުރަތަމަ ހީކުރީ އިނީ 10 ޑޮލަރު ކަމަށް. ހިތައް އެރި މިއަށް ދިން ވަރު އަނބުރާ ލިބޭތީ ރަނގަޅޭ،" އެ ފިރިހެން މީޑިއާ މީޑިއާއަށް ބުންޏެވެ.

ލޮޓަރީ ޓިކެޓްގައި އިނީ 100،000 ކަން އެނގުމާއެކު އޭނާ ތެދުމުވެ ފުމެން ފެށިކަމަށް އޭނާގެ އަންހެނުން ބުނެ އެވެ. މި ފައިސާ ހަރަދު ކުރާނީ އާއިލީ ޗުއްޓީއަކަށާއި ދަރަނި ދެއްކުމަށާއި ގެއަށް ބޭނުންވާ ސާމާނު ގަތުމަށް ކަމަށް އެ ދެމަފިރިން ވަނީ ބުނެފަ އެވެ.

17%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް