ads
ދަރުމަވަންތަ ހޮސްޕިޓަލުގައި އެސްޓީއޯ ފާމަސީއެއް ހުޅުވުން-- ފޮޓޯ: ސަން
ހުރިހާ ބޭހެއް އެއް ތަނަކު ރައްކާކުރަން އެސްޓީއޯއިން މެޑިކަލް ވެއާހައުސްއެއް ހަދަނީ
ރާއްޖެއަށް އެތެރެކުރާ ހުރިހާ ބޭހެއް އެތަނެއްގެ ތެރޭގައި ރައްކާކުރުމަށްޓަކައި މެޑިކަލް ވަޔާހައުސެއް މިއަހަރުގެ ތެރޭގައި ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

އެސްޓީއޯގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެތަނުގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވީ ރާއްޖެއަށް އެތެރެ ކުރާ ބޭސްތައް މިހާރު ހުންނަނީ އެސްޓީއޯގެ އެކި ވަޔާހައުސްތަކުގައި ކަމަށެވެެ. އެހެންކަމުން ރަށްރަށަށް ބޭނުންވާ ބޭސްތައް ފޮނުވެނީ އެކި ވަޔާ ހައުސްތައް ހޯދައި ޕެކްކޮށްގެން ކަމަށެވެ. އަދި އެއް ފަހަރާއި ވިއްސަކަށް ރަށަށް ބޭސް ޕެކްކުރާ ކަމަށް ވެސް އަމްރު ވިދާޅުވި އެވެ.

އެ ދަތިކަމަށް ލުއެއް ހޯދުމުގެ ގޮތުން މިއަހަރުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރާ ހުރިހާ ބޭހެއް ރައްކާކުރުމަށްޓަކައި މެޑިކަލް ވަޔާހައުސްއެއް ހެދުމުގެ މަސައްކަތް ފެށޭނެކަން އަމްރު ފާހަގަކުރައްވަ އެވެ.

އަމްރު އިތުރަށް ވިދާޅުވީ ރާއްޖޭގެ 187 ބޭސްފިހާރަ އެސްޓީއޯއިން އޮޕަރޭޓްކުރަމުން އަންނައިރު ކޮންމެ ބޭސް ފިހާރައަކަށް ވެސް ބޭސް ބޭނުންވާ ވަގުތު އެތަކެތި ހުރުމަކީ ކުންފުނީގެ ވަރަށް ބޮޑު މަގުސަދެއް ކަމަށެވެ. ނަމަވެސް އެ މަގްސަދަށް ވާސިލުވުމަށް ދަތިތަކެއް ހުރިކަން ފާހަގަކުރައްވަމުން އަމްރު ވިދާޅުވީ ރާއްޖެއަށް ބޭސް އެތެރެކުރުމަށް ފަހު އެތަކެތި ޑިސްޓްރިބިއުޓު ކުރުމަށް ގިނަ ވަގުތުދާ ކަމަށާއި އަދި ކެޕޭސިޓީ ނެގުމުގެ ސަބަބުން ވެސް ރަށްރަށަށް ބޭސް ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރި ކަމަށެވެ. 

އަމްރު ވިދާޅުވި ގޮތުގައި ބޭސް ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރި ނަމަވެސް މިހާރު ވެސް ރަށްރަށަށް ބޭސް ފޯރުކޮށްދެވެނީ އެތަނުގެ މުވައްޒަފުންގެ ހީވާގި މަސައްކަތުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް