ads
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީޖީ ޝަމީމް--
ވެކްސިން ނުދޭ ބެލެނިވެރިންގެ މައްޗަށް އަންނަ މަހު ދައުވާ ކުރަން ފަށަަނީ
ދަރިންނަށް ވެކްސިން ނުދޭ ބެލެނިވެރިންގެ މައްޗަށް އަންނަ މަހުގެ ތެރޭގައި ދައުވާ ކުރަން ފަށާނެ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ދަރިފުޅަށް ވެކްސިން ދިނުމަށް ފަހު، ޝަމީމް އޭނާގެ ދަރިފުޅާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކުރައްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީސްލްސްގެ ފުރަތަމަ ޝޮޓް ދަރިފުޅަށް ދީފައިވާ ކަމަށާއި ދަރިންނަށް ވެކްސިން ދޭން ދެކޮޅު ހެދި ބެލެނިވެރިންނަށް ކުރިއަށް އޮތް 22 ދުވަހުގެ ތެރޭގައި ދައުވާ ކުރަން ފަށާނެ ކަމަށެވެ.          

ބެލެނިވެރިން ދަރިންނަށް ވެކްސިންދޭން ދެކޮޅު ހަދައި މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ. މި މަހުގެ ތެރޭގައި ވަނީ ވެކްސިން ޑޯޒް ފުރިހަމަ ނުކުރާ ކުއްޖެއްގެ ގައިން، ރާއްޖެއިން މީގެ ދެކޮޅު އަހަރެއްހާ ދުވަސްކުރިން ނައްތާލާފައިވާ ހިމަބިހި ވެސް ފެނިފަ އެވެ. މިހާރު އެ ބައްޔަށް އަށް މީހަކު ޕޮޒިޓިވްވެފައިވާއިރު އެކަމުގެ ސަބަބުން މުޅި މުޖުތަމައު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ވެކްސިން ނުޖަހާ ކުދިންގެ ބެލެނިވެރިންނަށް ވެސް ފާޑުކިޔަމުންނެވެ. 

ހިމަބިހި އަލުން ރާއްޖޭގައި ފެތުރެން ފަށާފައިވާތީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވެސް ވަނީ ވެކްސިން ޖަހަން ދެކޮޅު ހެދި ނަމަވެސް މިފަހަރު ވެކްސިން ޖަހުވާނެ ކަމަށް މީގެ ދުވަސްކޮޅެއް ކުރިން ވިދާޅުވި އެވެ. 

88%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް