ads
8 އެމްބިއުލާންސް ދިނުމުގެ ެއްބަސްވުމުގައި ސޮއިކުރުން ފޮޓޯ ހެލްތު މިނިސްޓްރީ
ޖަޕާނު ސަރުކާރުން 8 އެމްބިއުލާންސް ހަދިޔާ ކޮށްފި
ޖަޕާނު ސަރުކާރުން އަށް އެމްބިއުލާންސް ދިވެހި ސަރުކާރަށް ހަދިޔާ ކޮށްފިއެވެ.

ޖަޕާން ސަރުކާރުން މިއެހީ ދިނީ ރާއްޖެއިން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެގޮތުންނާއި ސިއްހީ ދާއިރާގެ އެމަޖެންސީ ހިދުމަތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައެވެ. 

ޖަޕާން ސަރުކާރުން ގްރާންޓް އެސިސްޓަންޓް ފޯ ގްރާސްރޫޓް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓުގެ ދަށުން 2.4 މިލިޔަން ރުފިޔާގެ އަގު ހުރި، އަށް އެމްބިއުލާންސް ހަދިޔާކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިއަދު އެކަމަށްޓަކައި ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. 

ޖަޕާން ސަރުކާރުން ދޭން ހަމަޖެހިފައިވާ ރީކޮންޑިޝަންޑް އަށް އެމްބިއުލާންސަކީ އަށް ސެޓުގެ 12 މެޑިކަލް އިކުއިޕްމަންޓް ތަކާއެކު ހަދިޔާ ކުރެވޭ އެމްބިއުލާންސްތަކެއްކަމަށާއި މެޑިކަލް އިކުއިޕްމަންޓްތަކުގެ ތެރޭގައި އެޑްވާންސް ލައިޕް ސަޕޯޓް( އޭއެލް.އެސް) އިކުއިޕްމަންޓް ބޭގްސް އޮކްސިޖަން ސިލިންޑާ، ބޭގް ވޯލްވް މާސްކް އަދި ސްފައިނަލް ބޯޑު ހިމެނޭކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ. އަދި މި އެމްބިއުލާންސްތަކަކީ ރާއްޖޭގެ ހަ ރަށަކަށް އަދި މާލެ ސަރަހައްދުގެ އެމަޖެންސީ ހިދުމަތް ހަރުދަނާކުރުމަށް ހަދިޔާކުރެވޭ އެމްބިއުލާންސް ތަކެކެވެ.

މިކަމަށްޓަކައި މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި "ގްރާންޓް ކޮންޓްރެކްޓްގައި ރާއްޖޭއިން ސޮއި ކުރެއްވީ، ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު ޢަބްދުﷲ މާހިރު އެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ހުރިއެކްސެލެންސީ ތަކެއުޗި މިދޮރި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް