ads
އަހުމަދު ހިޝާން--
ބިރުދެއްކުމާއި އިންޒާރެއް ނުހުއްޓުން، ހިޝާން ދެން ބޭނުމީ ރާއްޖެ ދޫކޮށް ދާން!
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމައި އިސްކޮށް ހަރަކާތްތެރި ވަމުން އަންނަ އަހުމަދު ހިޝާންއަށް ބިރުދެއްކުމާއި މަރުގެ އިންޒާރުތައް ލިބެމުންދާތީ، ރާއްޖެ ދޫކޮށް ދާން ބޭނުންވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

މިމަހުގެ ތެރޭގައި ހިޝާން ސީއެންއެމްއަށް ވިދާޅުވި ގޮތުގައި ގުރޫޕަކުން އޭނާއަށް މަރުގެ އިންޒާރު ދިނުމަށްފަހު އެނާއަށް ވަނީ ފާރަލާފަ އެވެ. އެގޮތުން އެ މައްސަލަ ފުލުހުންނަށް ގުޅައި ހުށަހަޅާފައިވާ ކަމަށް އެދުވަހު ހިޝާން ވިދާޅުވި އެވެ. 

ޑިސޭބަލް އެމްބެސެޑަރުކަން ކުރިން ކޮށްފައިވާ ހިޝާން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ހައްގު ބަސް ބުނާ މީހުންނަށް ދިރިއުޅުމުގެ ހައްގު ނެތް ކަމަށެވެ. އަދި 18 އަހަރު ވަންދެން ނިކަމެތިންގެ ހައްގުތައް ހޯދުމަށް މަގުތަކަށް ނިކުމެ ކުރެއްވި މަސައްކަތުގެ ހަދިޔާއަކަަށް ލިބުނީ ބިރުދެއްކުމާއި އިންޒާރު ކަމަށް ވެސް ވިދާޅުވި އެވެ. 

"މިވަރު ފުދޭ. ދެން ބޭނުމީ ރާއްޖެ ދޫކޮށް ދާން،" ހިޝާން ވިދާޅުވި އެވެ.

ހިޝާން ވަނީ އޭނާ މިހާތަނަށް ކުރެއްވި މަސައްކަތުގައި އެހީތެރިތެރިކަން ފޯރުކޮށްދިން ފަރާތްތަކަށާއި ހިތްވަރުދިން ފަރާތްތަކަށް ވެސް ޝުކުރު އަދާކުރައްވާފަ އެވެ. 

މީގެ ކުރިންވެސް ބަޔަކު ވަނީ ހިޝާނަށް މަރުގެ އިންޒާރު ދީފައެވެ. އެފަހަރު ހިޝާނަށް މަރުގެ އިންޒާރު ދީފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ގޮވައިގެން ހުކުރު ދުވަހު ހުކުރުނަމާދަށް ދަނިކޮށެވެ. އަދި އެދުވަހު މަރުގެ އިންޒާރު ދީފައިވަނީ ދެ ސައިކަލެއްގައި އައި ބަޔަކު ވަޅި ދައްކައިގެން ކަމަށް މައުލޫމާތު ލިބެއެވެ. 

ހިޝާން އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަންކަމުގައި އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ފަރާތެކެވެ. 

އޭގެ އިތުރުން ރާއްޖޭގައި އެހީތެރިކަމަށް ޖެހިފައި ތިބި އެކި ފަރާތްތަކަށް ހިޝާން އަންނަނީ އެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ހާއްސަގޮތެއްގައި ޖެންޑާ މިނިސްޓްރީން އިހުމާލުވެފައި ހުންނަމައްސަލަތަކުގައި ފެށުނީއްސުރެވެސް ހިޝާން އަންނަނީ އަޑުއުފުލަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް