ads
އެމްއޭސީއެލްއަށް ސީއީއޯއެއް ހޯދަނީ
މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް ސީއީއޯއެއް ހޯދަން އިއުލާނުކޮށްފި އެވެ.

އާ ސަރުކާރު ވެރިކަމާއި ހަވާލުވި ފަހުން މިހާރު އަހަރެއްހާ ދުވަސް ފާއިތުވެފައިވާއިރު މިއީ މެނޭޖިން ޑިރެކްޓަރަކު ވެސް ހަމަނުޖައްސާ އޮތް ހަމައެކަނި ސަރުކާރު ކުންފުންޏެވެ. އެތަން ހިންގުމާ މިހާރު ހަވާލުވެ ހުންނެވީ ޑެޕިއުޓީ ޗީފް އިންފޮމޭޝަން އޮފިސަރު މޫސާ ސޯލިހެވެ.

އެމްއޭސީއެލުން ކޮށްފައިވާ އިއުލާނުގައި ބުނީ ސީއީއޯގެ މަގާމަށް ކުރިމަތިލާ ފަރާތަކީ އޭވިއޭޝަން ދާއިރާގައި މަދުވެގެން 15 އަހަރު ހޭދަކޮށްފައިވާ މީހަކަށް ވާންޖެހޭ ކަމަށެވެ. އަދި އޭވިއޭޝަން ދާއިރާއިން ޕޯސްޓް ގުރެޖުއޭޓް ޑިގްރީއެއް އޮންނަ މީހަކަށް ވުމަކީ ވެސް އެމަގާމުގެ ޝަރުތެކެވެ. 

އޭގެ އިތުރުން އެމްއޭސީއެލްގެ ސީއީއޯގެ ޝަރުތުތަކުގެ ތެރޭގައި ނިންމުތައް ނިންމާއި ހަރުދަނާކޮށް މަޝްވަރާ ކުރުމާއި ކުންފުނީގެ ތަސައްވަރު ކަނޑައަޅައި ޒިންމާތައް ފުރިހަމަ ކުރުމުގެ ގާބިލުކަމުގެ އިތުރުން އުނދަގޫ ކަންކަން ކުރިމަތިވި ނަމަވެސް އެކަންކަމާއި ކުރިމަތިލުމުގެ ގާބިލުކަން ހިމެނެ އެވެ. 

ބޭރުގެ ފަރާތްތަކާއި މުއާމަލާތް ކުރުމުގެ ގާބިލުކަމުގެ އިތުރުން މީހުން ތަރައްގީކޮށް ބިނާކުރުމަކީ ވެސް އެމްއޭސީއެލްގެ ސީއީއޯއަށް ކުރިމަތިލާ ފަރާތެއްގައި ހުންނަން ޖެހޭ ޝަރުތެކެވެ.

އެމްއޭސީއެލްއަށް ސީއީއޯއަށް ތިން އަހަރުގެ މުއްދަތަށް ނެގި ނަމަވެސް އެގްރީމެންޓްއާ ކުރުމަށް ވެސް ފުރުސަތު އޮންނާނެ އެވެ. 

މިއީ އެމްއޭސީއެލްގެ ތާރީހުގައި ވެސް އެތަނަށް ސީއީއޯއެއް ހޯދަން އިއުލާންކުރި ފުރަތަމަ ފަހަރެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް