ads
ރައީސް ސޯލިހް އާއި އަނބިކަބަލުން ފަޒްނާ ސިންގަފޫރަށް ފުރާވަޑައިގަންނަވަނީ----
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ސިންގަޕޫރަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.

އަމިއްލަ ދަތުރުފުޅެއްގައި ސިންގަޕޫރަށް ކުރެއްވި މި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ.

ރައީސް ސޯލިހް އާއި އަނބިކަބަލުން ފަޒްނާ ނުރަސްމީ ދަތުރުފުޅެއްގައި މިދިޔަ ޑިސެމްބަރު 30 ގައި ލަންކާ އަށް ވެސް ވަޑައިގަތެވެ.

އެންމެ ފަހުން ދެކަނބަލުން އެކީ ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ. ޔޫއޭއީގެ ދުބާއީއަށް ކުރެއްވި އެދަތުރުފުޅު ނިންމަވާލައްވައި ރައީސް ސޯލިހް ރާއްޖެވަޑައިގެންފަހުން އެމަނިކުފާނު ވަނީ ކޮވިޑަށް ޕޮޒިޓިވްވެސް ވެފައެވެ. 

ނަމަވެސް ހަފްތާއެއްތެރޭ ކަރަންޓީންގެ މުއްދަތުގައި ހުންނެވުމަށްފަހު ކޮވިޑުން ރަނގަޅުވެ، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެ ދާއިރާގެ ރަށްތައްކަށް ވަނީ ދަތުރުކުރައްވާފައެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް