ads
މައިކުލިނިކު
ރާއްޖޭގައި ފުރަތަމަ ފަހަރަށް "އައިވީއެފް"ގެ ހިދްމަތް ދިނުމަށް މައިކުލިނިކުން ތައްޔާރުވަނީ
ރާއްޖޭގައި ދަރިމައިވުމުގެ މައްސަލަ ބޮޑު ވެފައިވާތީ އެމައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން "އައިވީއެފް"ގެ ހިދްމަތް ދިނުމަށް ތައްޔާރު ވަމުންދާ ކަމަށް މައިކުލިނިކުން ބުނެފިއެވެ.

މައިކުލިނިކްގެ ބިޒްނަސް ޑިވޮލޮޕް މެންޓް މެނޭޖާ އަޒުމަތު އަބްދުﷲ މޫސާ "ސީއެންއެމް" އަށް ވިދާޅުވީ މައިކުލިނިކުން މިހާރު ތައްޔާރު ވަމުންދަނީ ދިވެރިރާއްޖޭގައި ފުރަތަމަ ފަހަރަށް އައިވީ އެފްގެ ހިދުމަތް ތައާރަފް ކުރުމަށް ކަމަށެވެ.

your imageމައިކްލިނިކް: ފޮޓޯ/ މައިކުލިނިކް މީޑިއާ

މިދިޔަ އަހަރު ވެސް އައިވީއެފްގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރި ކަމަށާއި، ނަމަވެސް ދިމާވި ބައެއް ޗެލެންޖަސް ތަކާހުރެ ނުވެ ދިޔަ ނަމަވެސް މިއަހަރު ވީހާ ވެސް ބޮޑަކަށް މިކަމަށް ތައްޔާރު ވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަހަރު ނުވެއްޖެނަމަ އަންނަ އަހަރު ޖުލައި މަހުގެ ތެރޭގައި މައިކުލިނިކުން "އައިވީއެފް" ހެދޭ ވަރުވާނެ. މިހާރުވެސް މިތަނުން ވަރަށް ކާމިޔާބް ކަމާއެކު "އައިޔޫއައި" ހަދާ. " އަޒުމަތު ވިދާޅު ވިއެވެ.

އިންޑިއާގެ އައިވީއެފް ހަދަމުންދާ ޑޮކްޓަރެއް ކަމަށްވާ ޑރ. އަބާނީ އަކީ މިވަގުތުވެސް މައިކުލިނިކްގެ ރަޖިސްޓާޑް ޑޮކްޓަރެއް ކަމަށާއި، އޭނާގެ އިރުޝާދުގެ ދަށުން އޮންލައިނުކޮށް ރާއްޖޭގައި ހުރެގެން ފަރުވާކޮށް މިހާރުވެސް ސީދާ އައިވީއެފް އަށް ރެޑީވެގެން ރާއްޖޭން ބޭރަށް ދޭވޭނެ ކަމަށް އަޒުމަތު ވިދާޅުވިއެވެ. 

އަދި ރާއްޖޭގައި މި ފުރުސަތު ހުޅުވާލަން ގަސްތު ކުރަނީ ރާއްޖޭގައި ދަރިމައިވުމުގެ މައްސަލައަކީ ބޮޑު މައްސަލަ އަކަށްވެފައި، އިންޑިއާއަށް ގޮސް ތިން ހަތަރު މަސް ވަންދެން އެތާ ތިބުމަށް ބޮޑު ހަރަދެއް ވާތީ ކަމަށާއި، މަދު ބަޔަކަށް ބޮޑު ހަރަދު ކޮށްގެން އިންޑިއާ އަށް ދެވުނު ނަމަވެސް ގިނަ މީހުންނަށް ނުދެވިފައި ތިބޭތީ، އެކަމަށް ލުއިފަސޭހަ ކުރުމުގެ ބޭނުމުގައި ކުރުމަށް ގަސްތު ކުރާ ކަމެއް ކަމަށް އަޒުމަތު ވިދާޅުވިއެވެ. 

އެހެންނަމަވެސް މައި ކްލިނިކުން ބުނީ އަދި އެ ހިދްމަތަށް ނަގާނެ އަގެއް ނިންމާފައި ނުވާ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް