ads
މިނިސްޓަރ ފައްޔާޒް އަދި ޔޫއެންޑީޕީން އެމްއޯޔޫގައި ސޮއިކުރައްވަނީ
އިންވެސްޓްމެންޓްތަކަށް އެހީތެރިވުމަށް ޔޫއެންޑީޕީއާ އެކު ސޮއިކޮށްފި
ސަރުކާރުގެ ޕޮލިސީތައް ކަނޑައެޅުމުގައި، އެވިޑެންސް ބޭސްޑް ޕޮލިސީމޭކިންއަށް ރިއާޔަތްކުރުމަށާއި، އ.ދ ގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ލަނޑުދަނޑިތައް ހާސިލްކުރެވޭނެ ގޮތަށް އިންވެސްޓްމަންޓްތައް ކުރިއެރުވުމަށްޓަކައި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
Advertisement

މި އެމްއޯޔޫގައި، މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލްއެވެ. ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ، ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޔޫއެންޑީޕީގެ ރެސިޑެންޓް ރިޕްރެސެންޓެޓިވް، އެންރީކޯ ގަވޭލިއާއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ މިއަދުއެވެ.

މި އެމްއޯޔޫގެ ސަބަބުން، ޔޫއެންޑީޕީ އާއި މިނިސްޓްރީއާ ދެމެދު ފާއިތުވި އަހަރުތަކުގައި ދެމެހެއްޓިފައިވާ ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެ، ޔޫއެންޑީޕީ އިން 2022 އިން 2026 އާ ހަމަޔަށް ހިންގުމަށް އެކުލަވާލާފައިވާ ދިވެހި ރާއްޖޭގެ އައު ކަންޓްރީ ޕްރޮގްރާމް ޑޮކިއުމަންޓް ތަރައްޤީކޮށް، މި ޕްރޮގްރާމްތައް އިތުރު ހަލުވި މިނެއްގައި ކުރިޔަށް ގެންދިޔުމަށް މަގުފަހިވެގެން ދާނެ ކަމަށް ޔޫއެންޑީޕީން ބުންޏެވެ. 

މި އެމްއޯޔޫ ގައި ސޮއިކުރުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން، މިނިސްޓަރ ފައްޔާޒް ފާހަގަކުރެއްވި ގޮތުގައި، މި އެމްއޯޔޫގެ ދަށުން ޕޮލިސީތަކާއި ސްޓްރެޓަޖީތައް އެކުލަވާލުމަށްޓަކައި މިހާރަށްވުރެ ބޮޑަށް ޑޭޓާގެ ބޭނުން ފުރިހަމަކޮށް ހިފުމަށް މަގުފަހިކޮށްދޭނެއެވެ. މީގެ އިތުރުން، ރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމަށް އެހީތެރިވުމާއި، ވިޔަފާރިއަށް ފަހި މާހައުލެއް ޤާއިމުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް އެހީތެރިކަން ލިބޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި އެމްއޯޔޫގެ ދަށުން މައިގަނޑު 4 ދާއިރާ އަކުން އެއްބާރުލުން ދިނުމަށް ކަނޑައެޅިފައި ވެއެވެ. އެއީ ޑޭޓާ މެނޭޖްކުރުމާއި ދިރާސާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އިޤްތިޞާދީ ސިޔާސަތުތައް އެކުލަވާލުމާއި ސަރުކާރަށް ފަންނީ ލަފާ ދިނުމުގައި ބޭނުންވާ ޑޭޓާ މެނޭޖްމަންޓް ގަވަނަންސް ހަރުދާނާކުރުމަށް އެހީތެރިވެދިނުމާއި އިޤްތިޞާދީ ދާއިރާތައް މިހާރަށްވުރެ ސިންދަފާތު ކުރުމަށާއި ވިޔަފާރިއާއި އިންވެސްޓްމަންޓްތަކާ ގުޅޭ ސިޔާސަތުތަކަށް ހެޔޮ ބަދަލުތައް ގެނައުމަށް ބޭނުންވާ ދިރާސާތައް އެކުލަވާލުމަށް މިނިސްޓްރީގެ ފަންނީ ޤާބިލްކަން އިތުރުކުރުމުގެ އިތުރުން މިނިސްޓްރީ އިން ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކުރުމަށް މަގުފަހި ކުރުވުމާއި އދ އިން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫއުތައް ރާއްޖޭގައި ތަންފީޒު ކުރުމުގެ ތެރެއިން، ކްލައިމެޓް އިންވެސްޓްމަންޓް ފުރުސަތުތައް ދެނެގަތުން އަދި މިކަމާ ގުޅޭ އިންވެސްޓްމަންޓް މެޕެއް އެކުލަވާލުމުގެ އިތުރުން ރާއްޖޭގެ އިޤްތިޞާދަކީ، ކަނޑުގެ މުއްސަނދި ކަމަށް ބަރޯސާވާ ދެމެހެއްޓެނިވި ނޫ އިޤްތިޞާދަކަށް ހެދުމަށްޓަކައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމުގައި ދެމެހެއްޓެނިވި ނޫ އިޤްތިޞާދަކަށް ހެދުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން އަދި އަންހެން ވިޔަފާރިވެރިންނަށް އެހީތެރިވުމާއި، އަންހެނުން ހިއްސާވާ ވިޔަފާރިތައް ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތްކުރުމާއި، ދެމެހެއްޓެނިވި ފަހި އިޤްތިޞާދެއް ބިނާކުރުމަށް އެހީވުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހުނަރު އިތުރުކުރުމަށް މަސައްކަތް ކުރުމާއި، ޒުވާނުންނާއި ޒުވާން އަންހެން ލީޑަރުން އުފެއްދުމަށް އެހީތެރިވެ ދިނުމުގެ އިތުރުން، މުޖުތަމައުގައި، ދެމެހެއްޓެނިވި އަދި ގްރީން ޑިޖިޓަލް ވިޔަފާރިއަށް މަގުފަހި ކުރުމާއި، ވިލުންވެރި (ރެޒިލިއެންޓް) ވިޔަފާރީގެ މޮޑެލްތައް ޤާއިމުކުރުމާއި، ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ވިޔަފާރީގެ ހަރަކާތްތައް ކުރިއެރުވުމަށް މަސައްކަތްކުރުމެވެ.

މި އެމްއޯޔޫގެ ސަބަބުން، ޔޫއެންޑީޕީ އިން މިހާތަނަށް ހޯދާފައިވާ ތަޖްރިބާ އާއި، އެންމެ ފަހުގެ ހޯދުންތަކާއި ތަފާސް ހިސާބުތަކުގެ އަލީގައި، މިނިސްޓްރީގައި ދިރާސާތައް ކުރުމަށް އެހީތެރިކަން ލިބި އަދި ދިރާސާތައް އިތުރު ދާއިރާތަކަށް ފުޅާކޮށް، މަޢުލޫމާތު ބަދަލުކުރުމަށް މަގުފަހި ވެގެންދާނެ ކަމަށްވެސް ޔޫއެންޑީޕީން ބުންޏެވެ.

ޔޫއެންޑީޕީގެ ރެސިޑެންޓް ރިޕްރެސެންޓެޓިވްގެ ވާހަކަފުޅުގައި، ޔޫއެންޑީޕީ އާއި މިނިސްޓްރީ ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް އޮތް މިންވަރު ދޭހަކޮށްދޭ ކަމާއި، ޑޭޓާގެ އަލީގައި، ސިޔާސަތުތައް ކަނޑައަޅައި، މިނިސްޓްރީގެ ފަންނީ ޤާބިލްކަން އިތުރުކުރުމަށް މަގުފަހި ކުރުވުމާއި، ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތަންފީޒު ކުރުމަށްޓަކައި އެކުގައި މަސައްކަތްކުރުމަށް ތައްޔާރަށް އޮތް މިންވަރު މި އެމްއޯޔޫ ގެ ސަބަބުން ހާމަވެގެން ދިޔަކަމަށް ފާހަގަކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް