ads
ބައްޕީ ލަހިރީ
މައްޝްހޫރު ލަވަ ކިޔުންތެރިޔާ ބައްޕީ ލަހިރީ މަރުވެއްޖެ
އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބައްޕީ ލަހިރީ މަރުވެއްޖެއެވެ.

މުމްބާއީގެ ކްރިޓިކެއަރ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ބައްޕީ ލަހިރީ މަރުވެފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ. އަދި ބައްޕީ މަރުވީ އޮބްސްޓްރަކްޓިވް ސްލީޕް އެޕްނޭ ގެ ސަބަބުން ކަމަށާއި، އޭނާ ބައްޔަށް ފަރުވާ ހޯދަމުންދާތާ ގިނަ ދުވަސްތަކެއް ވެފައި ވާކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. 

ބައްޕީ މަރުވުމާއި ގުޅިގެން އިންޑިއާގެ އެކި ހިސާބުތަކުގައި ގިނަ ބަޔަކު އަންނަނީ ހިތާމަ ފާޅު ކުރަމުންނެވެ. މީގެ އިތުރުން އެގައުމުގެ ބޮޑުވަޒީރު، ނަރެންދްރަ މޯދީ ވަނީ ބައްޕީ މަރުވުމާއި ގުޅިގެން ގެއްލިގެން ދިޔައީ ގައުމަށް އެތައް ގޮތަކުން ނުހަނު ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ފަރާތެއް ކަމަށާއި، ދުވަހަކުވެސް ބައްޕީގެ ހަނދާންތައް ގައުމުން ފިލައި ނުދާނެ ކަމަށް ބުނެ ޓުވީޓް ކޮށްފައެވެ. 

1952 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އުފަންވި ބައްޕީ ވަނީ 1970 ވަނަ އަހަރުން ފެށިގެން އިންޑިއާގެ އެތައް ފިލްމުތަކެއްގެ އިތުރުން އެތައް އަލްބަމް ތަކަކަށް ލަވަ ކިޔައިދީފައެވެ. މީގެ އިތުރުން އޭނާ ވަނީ އެތައް ސަތޭކަ ލަވަތަކެއް ލިޔެ ކޮމްޕީސްވެސް ކޮށްފައެވެ. 

ލަވަ ކިޔުމުގެ އިތުރުން ބައްޕީ ވަނީ އުމުރުން އެންމެ ތިން އަހަރުގައި ތަބްލާ ކުޅެން ފަށާފައެވެ. އޭނާ އަކީ އިންޑިއާގެ ތަބްލާ ކުޅުންތެރިންގެ ތެރެއިންވެސް ފާހަގަ ކޮށްލެވޭ މީހެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް