ads
ބައްޝާރުލް އައްސަދު
ސީރިއާއިން ރަޝިއާގެ ނިންމުން ބަލައިގަނެ ތާއީދު ކުރާކަން ހާމަ ކޮށްފި
ޔޫކްރޭންގެ ދެ ސަރަހައްދެއް ކަމަށްވާ ޑޮނެސްކް ޕީޕަލްސް ރިޕަބްލިކް އަދި ލުހަންސްކް ޕީޕަލްސް ރިޕަބްލިކް އަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ރަޝިއާއިން ނިންމު ނިންމުމަށް ތާއީދު ކުރާ ކަމަށާއި، އެކަން ފުރިހަމައަށް ބަލައި ގަންނަ ކަމަށް ސީރިއާ ސަރުކާރުން ހާމަ ކޮށްފިއެވެ.

ސީރިޔާގެ ރަސްމީ ނޫސް އޭޖެންސީ އާއި ވާހަކަ ދައްކަމުން އެގައުމުގެ ހާރިޖީ ވަޒީރު ފައިސަލް މިގްދާދް ވިދާޅުވީ،، ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުން ޑޮނެސްކް ޕީޕަލްސް ރިޕަބްލިކް އަދި ލުހަންސްކް ޕީޕަލްސް ރިޕަބްލިކް އަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައި ގަންނަ ކަމަށާއި، އަދި ރަޝިއާއިން ނިންމު ނިންމުމަށް ފުރިހަމައަށް ތާއީދު ކުރާ ކަމަށެވެ. 

"2008 ވަނަ އަހަރު ރަޝިއާ-ޖޯޖިއާ ހަނގުރާމައަށް ފަހު ދެކުނު އޮސެޓިއާ އާއި އަބްހާޒިޔާގެ [ޖޯޖިއާގެ ވަކި ވަކި ސަރަހައްދުތައް] ބަލައިގަތް ގޮތް ބަލައިގަންނަން ސީރިއާއިން މިއޮތީ ތައްޔާރަށް. ރަޝިއާގެ ނިންމުމަށް ފުރިހަމައަށް ތާއީދު." ހާރިޖީ ވަޒީރު ފައިސަލް ވިދާޅުވިއެވެ.

މިއީ ރަޝިއާއިން ޑޮނެސްކް ޕީޕަލްސް ރިޕަބްލިކް އަދި ލުހަންސްކް ޕީޕަލްސް ރިޕަބްލިކް އަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމު ނިންމުމަށް ތާއީދު ކުރި ފުރަތަމަ ގައުމެވެ. އަދި މިއީ ރަޝިއާއަށް ލިބިގެންދާނެ ބާރެއް ކަމަށްވެސް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ. 

ރަޝިއާއިން މި ދައުލަތަކީ މިނިވަން ދައުލަތެއް ކަމަށް ނިންމުމާއި އެކު އީޔޫ އިން ވަނީ އެގައުމާއި މެދު ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ. 

އެކަމާއި ގުޅިގެން ރަޝިއާއިން ބުނީ، އެއްވެސް ބަޔަކު އަޅާފާނެ ދަތިކުރުމުގެ ފިޔަވަޅަކާއި ހެދި ފަސްޖެހުމެއް ނެތް ކަމަށާއި، ނިންމުން ބަދަލު ކުރުމުގެ ވިސްނުމެއް ވެސް ނުގެންގުޅޭ ކަމަށެވެ. އަދި މި ދެ ދައުލަތުގެ ދިފާއުގައި ކުރަންޖެހޭ ކަންކަން ކުރާނެ ކަމަށްވެސް ރަޝިއާ ސަރުކާރުން ވަނީ ބުނެފައެވެ. 

ރަޝީއާ ސަރުކާރުން ވަނީ، ޑޮނެސްކް ޕީޕަލްސް ރިޕަބްލިކް އަދި ލުހަންސްކް ޕީޕަލްސް ރިޕަބްލިކްގެ އަމާން ބެލެހެއްޓުމަށް ސިފައިން ފޮނުވުމަށް ތައްޔާރީތައް ވާން ފަށާފައެވެ. އެގޮތުން މިހާރުވެސް ޔޫކްރެއިން އާއި ރަޝިއާގެ ބޯޑަރު ކައިރީ ގިނަ އަދަދެއްގެ ރަޝިއާގެ ސިފައިން އަންނަނީ ހަރަކާތްތެރި ވަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް