ads
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް
ތިނަދޫއަށް ފޮނުވާ ޑޮކްޓަރުން ފިލާ މައްސަލަ ބޮޑު ވެއްޖެ
ގދ. ތިނަދޫއަށް ހެލްތު މިނިސްޓްރީން ފޮނުވާ ޑޮކްޓަރުން ފިލާ މައްސަލަ ބޮޑު ވެއްޖެކަމަށް ހެލްތު މިިނިސްޓަރު އަހުމަދު ނަސީމް ވިދާޅު ވެއްޖެ އެވެ.

ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ޑޮކްޓަރުން ހަރުނުލާ މައްސަލަ އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ހާޒިރުކޮށް، ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުގުނީ  ވަނީ ސުވާލު ކުރައްވާފައެވެ. 

ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ، ތިނަދޫ ހޮސްޕިޓަލަށް ދާދި ފަހުން ވެސް އެ މިނިސްޓްރީން ފަސް ޑޮކްޓަރެއް ފޮނުވި ކަމަށާއި، އެހެން ނަމަވެސް އެ ޑޮކްޓަރުން ކުއްލިއަކަށް ފިލާފައި ވާކަމަށެވެ. 

ޑޮކްޓަރުން ފިލައިގެން ދިޔައީ ކިހިނެއް ކަމެއް ނޭނގޭ ކަމަށާއި، ފިލީ ކޮން ސަބަބަކާއި ހުރެކަން ނޭނގޭ ކަމަށްވެސް މިނިސްޓަރު ނަސީމް މިއަދު މަޖިލީހުގައި ވިދާޅުވިއެވެ. 

"ތިނަދޫ ހޮސްޕިޓަލަށް މިދޭތެރެއިން އަޅުގަނޑުމެން ފޮނުވިން ފަސް ޑޮކްޓަރުން. ފޮނުވީމަ ފިލައިގެން ދިޔައީ އެމީހުން. އަޅުގަނޑަކަށް ނޭނގޭ ފިލައިގެން ދިޔައީ ކިހިނެއް ކަމެއް. އަޅުގަނޑުމެން އެތަނަށް ޑޮކްޓަރުން އެބަ ފޮނުވަން. އެމަސައްކަތް ކުރަމުން މިދަނީ." މިނިސްޓަރު ވިދާޅުވިއެވެ. 

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ޑޮކްޓަރުން ފިލައިގެން ނުދެވޭނެ ގޮތް ހެދުމަށް މިހާރު ގިނަ މަސައްކަތްތަކެއް ކުރަން ފަށާފައި ވާކަމަށާއި، ޑޮކްޓަރުން ފިލައިގެން ދާން އުޅޭކަން އެނގޭނަމަ އެކަން ކަމާއި ބެހޭ އިދާރާތަކަށް އަންގައިދިނުމަށް އެދޭ ކަމަށެވެ.

"އެމީހުން ފިލައިގެން ދިއުމުގެ ކުރިން އަޅުގަނޑުމެނަށް އެނގޭ ކަމަށް ވަނީވިއްޔާ، އަޅުގަނޑުމެނަށް އެއާޕޯޓުން އެމީހުން ހުއްޓުވޭނެ. އެ އިންތިޒާމް މިހާރު ވާނީ އަޅުގަނޑުމެން ހަމަޖައްސާފައި. އެއީ ހަމަ ތިނަދޫގައި މި ދިމާވި ހާދިސާ އާ ގުޅިގެން އަޅުގަނޑު އިމިގްރޭޝަނާއި ވާހަކަ ދައްކައިގެން އަޅުގަނޑުމެންގެ އިޒްނައެއް ނެތި ފުރައިގެން ނުދެވޭނެ ގޮތް ހެދުމަށް." މިނިސްޓަރު ނަސީމް ވިދާޅުވިއެވެ. 

މިނިސްޓަރުގެ ވާހަކަގައި އިތުރަށް ވިދާޅުވީ، ޑޮކްޓަރުން ރާއްޖެއަށް ގެންނަނީ ސަރުކާރުން ބޮޑު ހަރަދުތަކެއް ކޮށްގެން ކަމަށާއި، ޑޮކްޓަރުން ފިލައިގެން ދިއުމުން ބޮޑެތި ގެއްލުންތަކެއް ވެސް ވަމުން އަންނަ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް