ads
އިންޑިއާއިން ރާއްޖެއައި ޑޮކްޓަރުންގެ ޓީމެއް ފައިލް ފޮޓޯ
ޑޮކްޓަރުންނާއި ޓީޗަރުން ފިލުން: ހުއްޓުވަން ޖެހޭ ކަމެއް ނޫންބާ؟
ފިލުމަކީ ރާއްޖޭގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ބުނެވިދާނެއެވެ. އެހެނީ އެއީ ރާއްޖޭގެ ވެރިކަމުގެ އެންމެ މަތީ ފަޑިން ފެށިގެން ޒަމާނުއްސުރެ އެއީ ކުރަމުން އަންނަ ކަމަކަށް ވާތީއެވެ. އެހެންކަމުން އެއީ ރާއްޖޭގެ ސަގާފަތުގެ ތެރޭ ހިމެނޭ ކަމެކޭވެސް ބުނެވިދާނެއެވެ.

ރާއްޖޭގެ ފަހުގެ ތާރީހަށް ބަލާއިރު ރައީސް އިބްރާހީމް ނާސިރު ގައުމު ދޫކުރައްވައި ސިންގަޕޫރަށް ވަޑައިގެންނެވި އެވެ. ވެރިކަމަށް އަތުވެދާނެ ބަދަލުތަކެއް ކުރީ ބައިގައި ވިސްނިވަޑައިގެން ނަމަވެސް ފިއްލެވީ އެވެ. ބައެއް ކަރަޕްޝަންގެ މައްސަލަތަކާއި އެނޫން ވެސް މައްސަލަތަކުގައި މިނިސްޓަރުން ވެސް ފިއްލަވާފައިވެއެވެ. ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީވަހީދު މިހާރު ވެސް ފެންނަނީ އެކަހަލަ ގޮތަކަށެވެ. ރާއްޖެއަށް ވަޑައިގަންނަވައިފިނަމަ ކުރިމަތިލާންޖެހޭ ކަންކަމުން އެހުންނެވީ ފިއްލަވައިގެންނެވެ. 

your imageކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު-

އެކިއެކި ސަބަބުތަކާހުރެ މީހުން ފިލަމުން ދެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއް ބަޔަކީ ބިދޭސީންނެވެ. ގޭގެއަށް ގެންނަ މަސއްކަތު މީހުންނާއި، ކުންފުނިތަކަށް ގެންނަ ބިދޭސީން ވެސް ފިލަނީ އެވެ. ކުރަން ޖެހޭ މަސައްކަތުގެ ގޮތުންނެވެ. ނުވަތަ މުސާރަ ކުޑަވެގެންނެވެ. ނުވަތަ އެނޫން ވެސް ސަބަބުތައް ހުރެދާނެއެވެ. 

މިގޮތަށް ފިލާ މީހުން، އެމީހުން ގެންގުޅޭ މީހުން ދެ ވަނަ ފަހަރަށް ވެސް އަތުލައިގެން ބައެއް ފަހަރު ގެނެސްފައި ހުރެއެވެ. އެހެން ނަމަވެސް ދެ ވަނަ ފަހަރަށް ވެސް ފިލަ އެވެ. އަދި ތިން ހަތަރު ފަހަރަށް ވެސް ގެންގުޅޭ މީހުންނަށް ލަނޑު ދީފައި ހުރެއެވެ. 

ދެރަކަމަކީ މިގޮތަށް ފިލާމީހުންނާމެދު އެޅޭ ފިޔަވަޅެއް ނެތް ކަމެވެ. ނުވަތަ ފިޔަވަޅު އެއްވެސް ސަރުކާރަކުން ގަސްތުގައި ނާޅަނީ އެވެ. އެބައި މީހުންނާ ގުޅިގެން އޮޕަރޭޝަންތަކެއް ހިންގާ ބާރު ގަދަ ބައެއް އުޅުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެނގޭ ކަމަކީ އެފަދަ މީހުން އަތުލައި ނުގަނެވޭ ކަމެވެ. 

ދާދިފަހުން ސަރުކާރުން ބުނި ވާހަކައެކެވެ. މީހުން ގެންނަން ޑިޕޮޒިޓުގެ ގޮތުގައި ބެހެއްޓި އެތައް މިލިޔަން ރުފިޔާއެއް މީހުންނަށް ދިން ވާހަކައެވެ. އެމީހުންނަށް ފައިސާ ދިންއިރު އަސްލު މީހުން ތިބީ ކޮން ތަނެއްގައި ހެއްޔެވެ. ސަރުކާރުން ފޮނުވާލިކަމަށް ބުނަމުން އައީ މަގުމަތީގައި އުޅޭ މީހުންނެވެ. ރާއްޖޭން އެމީހުން ފޮނުވާލައިފައިވާނަމަ އެމީހުންނަށް ފައިސާ ދޭކަށް ނުޖެހޭނެ އެވެ. ޑިޕޮސިޓް ފައިސާ ބޭނުން ކުރަނީ އެމީހުންގެ ޓިކެޓްގެ ކަންކަން ހަމަޖައްސަން ކަމަށްވާތީ އެވެ. 

އެންމެ އާންމުކޮށް މިހާތަނަށް އަޑުއިވިފައި އޮންނަނީ ބިދޭސީން ފިލާ އަޑެވެ. އެހެން ނަމަވެސް ފަހަކަށް އައިސް ތޭރިތަކުގެ ބިއްދޮށުގައި ތިބޭ މީހުން ދޮރެއްނެތް ގާނޫނީ ދޮރާށިތަކުން ނުކުންނަތަން ފެންނަމުންދެއެވެ. އޭގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އިންސައްތަ ހިމެނެނީ މަސްތުވާ ތަކެތީގެ މައްސަލަ ތަކުގައެވެ. ކޮންމެ ވެސް ލިއުމެއް ނެތިގެން ނުވަތަ ކޮންމެ ވެސް ހެއްކެއް ނެތިގެން އަދަބަށް ފިލައިގެން ރާއްޖޭން ބޭރުގައި ނުވަތަ ރާއްޖޭގައި އުޅެމުން ދެއެވެ. 

އެހެން ނަމަވެސް މިހާރު އިވެމުންދާ އަޑުތަކަކީ އަދި މާ ހައިރާންވާ ކަހަލަ އަޑުތަކެކެވެ. ރާއްޖޭގެ ބަލި މީހުންނަށް ފަރުވާދީ، ދަރިވަރުން ތަރުބިއްޔަތު ކޮށްދޭން އަންނަ ހަކީމުންނާއި، އެދުރުން ފިލާ ވާހަކައެވެ. ފިލައި އޮޅުވާލުމަކީ އެދުރުގެއެއްގައި އުޅެފައި ހުރި ކޮންމެ މީހަކަށް ވެސް ގޯސްކަމެއް ކަން އެނގޭނެއެވެ. އެހެންވިއްޔާ ފިލަން އެ ޖެހެނީ ކީއްވެގެން ހެއްޔެވެ؟ 

your imageހެލްތު މިނިސްޓަރު އަހްމަދު ނަސީމް

"އަޅުގަނޑަކަށް ނޭނގެ ކިހިނެއްކަމެއް ފިލައިގެން ދިޔައީ. އެތަނަށް ޑޮކްޓަރުން ފޮނުވާ އެކަހަލަ ކަންތައްތައް އަޅުގަނޑަށް އެބަ ކުރެވޭ. ދެން ހިފެހެއްޓެތޯ ބައްލަވައިދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް. ދެން އެ މީހުން ފިލައިގެން ދިއުމުގެ ކުރިން އަޅުގަނޑުމެންނަށް އެނގޭ ކަމަށް ވަނީ ވިއްޔާ އަޅުގަނޑުމެންނަށް ހުއްޓުވޭނެ ވެސްމެ އެއާޕޯޓާ ހަމައިން،" ހެލްތު މިނިސްޓަރާ ކުރެވުނު ޖަވާބުގައި މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވިއެވެ.

މިނިސްޓަރު ނަސީމް އިޝާރާތް ކުރެއްވީ ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށެވެ. ދާދި ފަހުން އެތަނަށް ފޮނުވި ފަސް ޑޮކްޓަރަކު ފިލިވާހަކަ އެވެ. އެކަން ހުއްޓުވުމަށް އެހޮސްޕިޓަލުން މަސައްކަތް ކުރަން ޖެހޭ ވާހަކަ އެވެ. 

ޑޮކްޓަރަކަށް ފިލައިގެން ދެވޭނީ ލައްކަ ތަންތަން ހުރަސް ކޮށްފައެވެ. ލައްކަ ލިއުންތަކެއް ވެސް ލިބިގެންނެވެ. މިއީ ކުރިން އަޑު އިވޭ ވާހަކަ ތަކެއް ނޫނެވެ. އަދި ދިވެހީން އަޑު އަހަން ބޭނުންވާނެ ވާހަކަ ތަކެއް ވެސް ނޫނެވެ. އެހެން ނަމަވެސް މިހާރު މިއީ ކަން ހިނގަމުންދާ ގޮތެވެ. 

your imageއެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ

އއ. މަތިވެރީގައި ކިޔަވައިދޭން ހުރި އިނގިރޭސި ޓީޗަރު ފިލީ މިދިޔަ އަހަރުގެ ނޮވެމްބަރު މެދުތެރޭގައެވެ. ފަހުން އެނގުނު ގޮތުގައި އޭނާ އައީ މާލެ އަށެވެ. ރަށުން ފިލައިގެންނެވެ. 

ޕްރޮފެޝަނަލް މަގާމު ތަކަށް ގެނެވޭ މިފަދަ މީހުން ގެނެވޭ އިރު ތިންމަސްދުވަހުގެ ނޯޓިސް ދިނުމަށްވެސް އޮވެއެވެ. އެހެންނަމަވެސް ގެއަށް ގެންނަ ބިދޭސީ ލޭ ބަރުންގެ ވާހަކަ އެކަނި ދައްކާލާފައި ނިންމާލެވޭކަށް ނެތެވެ. ޑޮކްޓަރުންނާއި ޓީޗަރުންވެސް ލިސްޓަށް މިހާރު މިއޮތީ އިތުރުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް