ads
އުކްރޭއިން
ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއެޅުމަށް ބޭނުންކުރާ ސްވިފްޓް ނިޒާމަކީ ކޮބާ؟
ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ އާ ފިޔަވަޅުތައް ރައީސް ޖޯ ބައިޑަން ބުރާސްފަތި ދުވަހު އިއުލާން ކުރެއްވީ، ޔޫކްރެއިންގެ މައްޗަށް ގަދަވެގަންނަން ރައީސް ވްލަޑިމިއަ ޕޫޓިން އަރައިގެންނެވުމަށް ނިންމެވި ނިންމެވުމާ ގުޅިގެންނެވެ.

އެމެރިކާއާއި އެގައުމުގެ އެކުވެރި ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް ހަރުކަށި މާލީ އަދަބު ދޭނެކަން އިއުލާން ކުރައްވަމުން ބައިޑަން އެކަން ހުއްޓަވާލެއްވި ނަމަވެސް، ސްވިފްޓް ބޭންކިން ނިޒާމުން ރަޝިޔާ ބޭރުކޮށްލާނެ ކަމަށް ބައިޑަން ވިދާޅުވިއެވެ. ނަމަވެސް، މި ކާރިސާ އާ ކުރިމަތިލަމުންދާއިރު، މިފަދަ ފިޔަވަޅުތަކެއް އަދިވެސް ކުރިއަށް ނުގެންގޮސް ބާންވަން ޖެހިދާނެކަމަށް ކަމަށް ބައިޑަން ވަނީ ވިދާޅުވެފައެވެ.

ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވީ އެއީ އަބަދުވެސް އޮޕްޝަނެއް ކަމަށާއި ނަމަވެސް މިވަގުތު އެއީ ޔޫރަޕްގެ އެހެން ގައުމުތަކުން ނަގަން ބޭނުންވާ ރިސްކެއް ނޫން ކަމަށެވެ.

މިއީ ދުނިޔޭގެ އެންމެ ބޮޑު އެއް އިގްތިސާދާ ދެކޮޅަށް މީގެ ކުރިން ދުވަހަކުވެސް އަޅާފައިނުވާފަދަ ފިޔަވަޅެއް ކަމަށް ވެއެވެ.

ސްވިފްޓް އަކީ ކޮބާ؟

ސޮސައިޓީ ފޯ ވޯލްޑްވައިޑް އިންޓަބޭންކް ފައިނޭންޝަލް ޓެލެކޮމިއުނިކޭޝަން ނުވަތަ ސްވިފްޓް އަކީ 1973 ވަނަ އަހަރު އުފެދުނު، ބެލްޖިއަމްގައި ހެޑްކުއާޓަޒް ހުންނަ މާލީ އިދާރާތަކުގެ ކޯޕަރޭޓިވް އެކެވެ. މިކޯޕަރޭޓިވް ހިނގާނުހިނގާ ގޮތް ބަލަހައްޓަނީ އެމެރިކާގެ ފެޑެރަލް ރިޒާވް ސިސްޓަމާއި ބޭންކް އޮފް އިންގްލެންޑާއި ޔޫރަޕިއަން ސެންޓްރަލް ބޭންކް ފަދަ ބޮޑެތި އެހެން މަރުކަޒީ ބޭންކްތަކާ ގުޅިގެން ބެލްޖިއަމްގެ ނެޝަނަލް ބޭންކުން ނެވެ.

އެކަމަކު ސްވިފްޓް އަކީ ޓްރެޑިޝަނަލް ބޭންކެއް ނޫނެވެ. އަދި ފައިސާ ޓްރާންސްފާ ނުކުރާނެއެވެ. އަދި  އެއީ 200 އަށް ވުރެ ގިނަ ގައުމުގައި ހިންގާ 11،000 އަށް ވުރެ ގިނަ މާލީ އިދާރާތަކާ ގުޅުވައި، މުއާމަލާތްތައް ހިނގާއިރު ބޭންކުތަކަށް އެލާޓްކޮށް، ރައްކާތެރި މެސެޖިން ސިސްޓަމެއްގެ ގޮތުގައި މަސައްކަތް ކުރާ ނިޒާމެކެވެ.

ސްވިފްޓް އިން ބުނީ މިދިޔަ އަހަރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 42 މިލިއަން މެސެޖު ރެކޯޑް ކުރެވިފައިވާ ކަމަށާއި މިއީ 2020 ވަނަ އަހަރަށް ވުރެ 11 އިންސައްތަ އިތުރު ވުމެއް ކަމަށާއި އެއީ ރަޝިއާއިން 1.5 ޕަސެންޓް ގެ މުއާމަލާތްތައް ހިންގާފައިވާ ކަމަށެވެ

ރަޝިޔާއަށް ކުރާނީ ކޮން އަސަރެއް؟

އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން، ސްވިފްޓް މާލީ ނިޒާމުން ރަޝިޔާ ވަކިކޮށްލުމަކީ ރަޝިޔާގެ އިގުތިސޯދަށް ވަގުތުން އަދި ދިގު މުއްދަތުގައި ގެއްލުންވެ، އެގައުމުތަކަށް އެޅިދާނެ އެންމެ އުނދަގޫ މާލީ ފިޔަވަޅެވެ. މި ފިޔަވަޅުގެ ސަބަބުން ރަޝިޔާއަށް ލިބޭ އާމްދަނީގެ 40 އިންސައްތައަށްވުރެ ބޮޑު ބައެއް ހިއްސާކުރާ ތެލާއި ގޭސް އުފައްދާ ތަންތަނުން ލިބޭ ފައިދާ ހިމެނޭގޮތަށް ބައިނަލްއަޤުވާމީ ގިނަ މާލީ މުއާމަލާތްތަކުން ރަޝިޔާ ބޭރުކޮށްލެވިދާނެއެވެ.

ރަޝިޔާއިން 2014 ވަނަ އަހަރު ކްރައިމިއާ ހިފައި، އިރުމަތީ ޔޫކްރެއިންގައި ވަކިވެގަތުމަށް މަސައްކަތްކުރާ ފައުޖުތަކަށް ވާގިވެރިވާ އިރު، އެޓްލާންޓިކް ކަނޑުގެ ދެފަރާތުގައި ވާ އެކުވެރި ގައުމުތަކުން ވެސް ވަނީ ސްވިފްޓް އޮޕްޝަން ގެ މައްސަލަ ވަރަށް ބޮޑަށް އޮޅުން ފިލުވައިދީފައެވެ. ރަޝިޔާއިން ބުނެފައިވަނީ ސްވިފްޓް އިން އެގައުމު ބޭރުކުރުމަކީ ހަނގުރާމަ އިއުލާން ކުރުމާ އެއްފަދަ ކަމެއް ކަމަށެވެ. 

އޭގެ ފަހުން ރަޝިޔާއިން ވަނީ އެގައުމުގެ އަމިއްލަ ފައިނޭންޝަލް ޓްރާންސްފާ ސިސްޓަމެއް ތަރައްގީ ކުރުމަށް މަސައްކަތް ކޮށްފައެވެ.

އީރާނުގެ ނިއުކްލިއަ ޕްރޮގްރާމްގެ މައްސަލާގައި އެމެރިކާއިންވަނީ ސްވިފްޓް ނިޒާމުން އީރާން ބޭރުކޮށް އެކަމުގައި ކާމިޔާބު ހޯދާފައެވެ. އެކަމަކު ރަޝިޔާ އެގޮތަށް ބޭރުކޮށްލުމަކީ ފަސޭހަކަމެއް ނޫނެވެ. ސަބަބަކީ އޭގެ ސަބަބުން އެމެރިކާގެ އެތައް މާލީ އިދާރާ ތަކަކަށްވެސް އޭގެ އަސަރު ކުރާނެތީއެވެ. 

ސްވިފްޓް އިން ރަޝިއާ ބޭރުކޮށްފާނެތަ؟

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ބޭނުންވަނީ އެމެރިކާއިން މިހާރުން މިހާރަށް އެކަން ކުރާށެވެ. އެކަމަކު ބައިޑަން ބުރާސްފަތި ދުވަހު ވިދާޅުވީ ދަތިކުރުމުގެ އާ ފިޔަވަޅުތަކުގެ ރާފްޓެއް ބޭނުން ކުރެއްވުމަށް އިސްކަން ދެއްވާ ކަމަށާއި އޭގެ ތެރޭގައި ރަޝިއާގެ ބޭންކުތަކަށާއި ޕޫޓިންގެ ބިލިއަނަރު ސަޕޯޓަރުންނަށް އަމާޒުކޮށް ދަތިކުރުމުގެ ފިޔަވަޅުތައް ހިމެނޭ ކަމަށެވެ.

އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމެންޓުން ބުނީ ރަޝިޔާގެ އެންމެ ބޮޑެތި މާލީ އިދާރާތަކުގެ ތެރޭގައި ހިމެނޭ ޝަބޭންކް އަދި ވީޓީބީ ބޭންކް ހިމެނޭ ކަމަށާއި، ކެޕިޓަލް ރެއިޒް ކުރުމުގެ ޤާބިލުކަން ސަރުކާރު ހިއްސާވާ އަދި އަމިއްލަ ފަރާތްތަކުގެ ޤާބިލުކަމަށް ހުރަސްއެޅި، ރަޝިޔާގެ މާލީ ނިޒާމާއި އިޤްތިސާދުގެ ބޮޑެތި އިދާރާތަކުން މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި އެމެރިކާ ޑޮލަރަށް އެކްސެސް ވުމަށް ހުރަސްއެޅޭނެކަމަށެވެ. 

"ޓްރެޜަރީ އިން ދަނީ ކްރެމްލިންއަށް އަވަސް އަދި ހަރުކަށި ނަތީޖާތަކެއް ނެރުމަށް ސީރިއަސް އަދި ހީވެސް ނުކުރާފަދަ ފިޔަވަޅުތަކެއް އަޅަމުން، އަދި ރަޝިޔާގެ އިގްތިސާދާއި މާލީ ނިޒާމު ބޭނުންކުރުމުގެ ޤާބިލުކަން ވަރަށް ބޮޑަށް ދަށަށް ގޮސް، އެމީހުންގެ ގެއްލުންދެނިވި ހަރަކާތްތައް އިތުރަށް ކުރިއެރުވުމަށް" ޓްރެޜަރީ ސެކްރެޓަރީ ޖެނެޓް ޔެލެން ވިދާޅުވިއެވެ.

އެކަމަކު އެމެރިކާގެ އެކުވެރި ގައުމުތަކުން ސްވިފްޓް އިން ރަޝިއާ ބޭރުކޮށްލުމުގެ މަސައްކަތް ކުރިއަށް ގެންދަން ބޭނުން ނުވާ ނަމަ، ރަޝިއާގެ ކުންފުނިތަކަށް އެމެރިކާ ޑޮލަރަށް އެކްސެސްވުމަށް ހުރަސް އެޅުމަށް ޓަކައި މުއާމަލާތްތައް ފަހިކޮށްދޭ ފެޑެރަލް ރިޒާވް އިން ފިޔަވަޅުއެޅުމުގެ ބާރު ބައިޑެން އަށް އޮންނާނެއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް