ads
މާލޭ މޭޔަރު ޝިފާ ބަލިކުރުމަށްފަހު އަނަސް އިންތިހާބު ކާމިޔާބު ކޮށްފި!
މިއަދު ބޭއްވީ އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި މާލޭ މޭޔަރު ޝިފާ މުހައްމަދު ބަލި ކުރުމަށްފަހު އެމްޑީޕީގެ ސެކްރަޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު އިންތިހާބު ކާމިޔާބު ކޮށްފި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ތިން ސިޓީ މޭޔަރުންނަށް ނާކާމިޔާބީ އާއި ވަނީ ކުރިމަތިލާންޖެހިފައެވެ.

މާލޭ މޭޔަރު ކަމުގެ އެމްޑީޕީގެ ޓިކެޓް އަނަސް ކާމިޔާބު ކުރައްވާފައިވާއިރު، މާލޭގެ މޭޔަރު ކަމަށް މިހާރުގެ މޭޔަރު ޝިފާ އާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފާއި މާލޭގެ ފުރަތަމަ މޭޔަރު އާދަމް މަނިކް (ސަރަނގު އާދަމް) ވާދަކުރައްވާފައިވެ އެވެ. 

އަނަސް އާއި އެންމެ ގާތުން އިންތިހާބުގައި ވާދަކުރެއްވީ މާލޭގެ މިހާރުގެ މޭޔަރު ޝިފާ އެވެ. 

އަނަސް މާލޭ މޭޔަރުގެ ޓިކެޓް ކާމިޔާބު ކުރެއްވުމާއި ގުޅިގެން ގިނަ ފަރާތްތަކުން އަންނަނީ މަރުހަބާ ކިޔަމުންނެވެ. 

88%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް