ads
ކުރިން ބުޅަލަކަށް އަނިޔާ ކުރަމުންދާ މަންޒަރެއް ފައިލް ފޮޓޯ
ބުޅަލަކަށް އަނިޔާދިން މައްސަލައެއް އީޕީއޭއިން ބަލަނީ
ބުޅަލެއް ވާގަޑެއްގައި ބަނދެ، ދުއްވަމުން ދިޔަ ސައިކަލެއްގެ ފަހަތުގައި ވާގަނޑު ޖަހައި މަގުމަތީގައި ބުޅާ ދަމާ އަނިޔާކޮށް ގެންދާ ވީޑިއޯއެއްގެ މައްސަލަ އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބަލަން ފަށައިފި އެވެ.

ބުޅަަލަކަށް އަނިޔާވެރިވާ ވީޑިއޯ އިން ފެންނަ ގޮތުގައި، ބުޅަލުގެ ކަރުގައި ވަލެއް އެއްސުމަށް ފަހު އެލުވައިގެން ދުއްވާފައި ދިޔަ ސައިކަލުގައި ދަމާފަ ދާ މަންޒަރު ފެނެއެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެ ވީޑިއޯއިން ފެންނަ އެ އަމަލު ހިންގި މީހާ އަކީ ށ. ފީވަކު ގިނަވެލިމާގޭ، އަހުމަދު އަޒްމީން ނަމަކަށް ކިޔާ މީހެކެވެ. 

އެ ވީޑިއޯ އަށް ގިނަބަޔަކު ނުރުހުން ފާޅުކޮށް ބަސް ބުނަމުން ދާއިރު، ދާދި ފަހުން ރާއްޖެ އެތެރެ ކުރި ދޫނިތަކެއް މަރާލުމުން އެކަމާވެސް ގިނަބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށް މުޒާހަރާ ވެސް ކޮށްފައެވެ.

ބުޅަލަށް އަނިޔާވެރި ވުމަކީ އިސްލާމް ދީނުގައި ބޮޑު ފާފަ އަކަށް ވާއިރު، އަނިޔާވެރި ކަމާ އެކު ޖަނަވާރަކަށް އަނިޔާކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނު ބުނާ ގޮތުން ވެސް ކުށެކެވެ.  ޖަނަވާރަކަށް އަނިޔާ ފަދަ އަމަލެއް ސާބިތުވެއްޖެ ނަމަ، އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އެ އަމަލު ހިންގި މީހަކަށް އަންނާނެ އެވެ.

ވަރަށް އަނިޔާވެރިކަމާއެކު ބުޅަލެއް މަރާލާ ވީޑިއޯއެއް މިދިޔަ އަހަރު ސެޕްޓެމްބަރު މަހުތެރޭގައިވެސް އާންމު ވެފައިވެއެވެ. ސީއެންއެމްއަށް ލިބިފައިވާ އެވީޑިއޯއިން ފެންނަ ގޮތުގައި އުމުރުން ދުވަސްވީ މީހަކު ދަގަނޑުބުރިއެއްކަހަލަ އެއްޗަކުން ވަރަށް ގިނައިރު ވަންދެން އެބުޅަލުގައި ތަޅަމުން ގެންދެއެވެ. 

ރާއްޖޭގައި ޖަނަވާރުންނަށް އަނިޔާ ކުރުމަކީ ކުށެކެވެ. އަނިޔާވެރިކަމާއެކު ޖަނަވާރަކާމެދު އަމަލު ކުރުމަކީވެސް އަނި އެމީހެއްގެ ބެލެހެއްޓުމުގެ ދަށުގައިވާ ޖަނަވާރަކަށް އަޅައިނުލައި ދޫކޮށްލުމަކީ ވެސް ކުށެކެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް