ads
އެޗްޕީއޭގެ އެޕިޑަމޮއޮލޮޖިސްޓް ޑރ.އިބްރާހިމް އަފްޒަލް
ކޮރޯނާ ވައިރަސް އަށް ހަފްތާއެއް ތެރޭގައި ފަރުވާކުރެވޭ: ޑރ އަފްޒަލް
މިހާރު ފެތުރެމުން އަންނަ (nCoV2020) ކޮރޯނާ ވައިރަހަކީ އިންފުލުއެންޒާ ރޯގާ ޖައްސާ އާއިލާގެ ވައިރަހެއް ކަމަށާއި، ހަފްތާއެއް ތެރޭގައި ފަރުވާ ކުރެވޭކަމަށް އެޗްޕީއޭގެ އެޕިޑަމޮއޮލޮޖިސްޓް ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި އެޗްޕީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭއިން ބުނީ މިހާތަނަށް ރާއްޖޭގައި މިހާރު ފެތުރެމުން އަންނަ ނޯވެލް ކޮރޯނާ ވައިރަސް ޖެހިފައިވާކަން ޔަގީން ކުރެވޭ އެއްވެސް މީހަކު ނެތްކަމަށެވެ. 

"ރާއްޖޭގެ ހުރިހާ ސްޓޭކް ހޯލްޑަރުން ގުޅިގެން ގެންދަނީ ކޮރޯނާ ވައިރަސް އާއި ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން،" އަފްޒަލް ވިދާޅުވިއެވެ. 

އެ އެޖެންސީން ބުނީ މި ވައިރަހުން ޖެހޭ ބަލިމަޑުކަމަކީ ވެސް އިންފުލުއެންޒާ ފަދަ ބައްޔެއް ކަމަށެވެ. 

"މިބަލިން ފަރުވާކުރެވޭ ހަފްތާއެެއް ތެރޭގަ،" ޑރ އަފްޒަލް ވިދާޅުވެފައިވެއެވެ. 

ކޮރޯނާ ވައިރަސް އަށް ޝައްކުކުރެވޭ އެކަކު ހުރީ މިހާރުވެސް ފުނަދޫގައި ކަރަންޓީނުކޮށްފައެވެ. 

އެމީހާގެ ހާލު ސިިވިއާ ނޫންކަމަށް އެޗްޕީއޭއިން މިއަދު ބުންޏެވެ. 

ކޮރޯނާ ވައިރަސް އަށް ޝައްކުކުރެވޭ މީހަކު އެ ބައްޔައް ޕޮޒިވް ވެފައިވާކަން ޔަގީން ކުރުމަށް ދެ ހަފްތާ ދުވަސް ނަގާކަމަށް އެޗްޕީއޭއިން މިއަދު ބުންޏެވެ. 

އެހެންކަމުން ރާއްޖޭގައި ވެސް ކޮރޯނާ ވައިރަސް 'ނުފެތުރޭނެކަމަށް' ބުނެވެން ނެތްކަމަށް ވެސް އެޗްޕީއޭއި ބުންޏެވެ. 

47%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
41%
ވަރަށް ސަލާމް
ކޮމެންޓްސް