ads
ރައީސް އޮފީސް
ހޯމް މިނިސްޓްރީގެ ނައިބުގެ މަޤާމަށް ބޭފުޅަކު އައްޔަނު ކުރައްވައިފި
ހޯމް މިނިސްޓްރީގެ ނައިބުގެ މަޤާމަށް ބޭފުޅަކު އައްޔަނު ކުރައްވައިފިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ނައިބުގެ މަޤާމަށް އައްޔަން ކުރެއްވީ ގދ. ވާދޫ، ޕެރިސް، ލުއައްޔު ސަޢީދު މިއަދު އެވެ. ލުއައްޔު ސަޢީދު ވަނީ އޮސްކްފޮޑް ބްރޫކްސް ޔުނިވަރސިޓީން 2013 ވަނަ އަހަރު ބެޗެލަރ އޮފް ސައިންސް އޮނަރސް އިން އެޕްލައިޑް އެކައުންޓިންގ ހާޞިލް ކުރައްވާފައެވެ.

މި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ލުއައްޔު ސަޢީދު ވަނީ މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަންގެ ޖެނެރަލް މެނޭޖަރުކަމާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީގެ އިންޓަރނަލް އޮޑިޓް އެގްޒެކެޓިވްކަމާއި އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ސީނިއަ އޮޑިޓަރުކަމުގެ މަޤާމު ފުރުއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް