ads
އިތުރު ކޯޓު ރޫމްތައް ޖަލުގައި ހުޅުވުން
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް:ކޯޓު ރޫމްތަކުގެ އަދަދު 5އަށް އިތުރު ކޮށްފި
މާފުށީ ޖަލުގައި ގައިދީންނާއި ބަންދުމީހުންނަށް އޮންލައިންކޮށް ޝަރީޢަތްތަކުގައި ބައިވެރިވެވޭގޮތަށް ހާއްސަކޮށްފައިވާ 03 ކޯޓް ރޫމްގެ އަދަދު 05 ށް އިތުރުކޮށް، މިއަދު ބޭނުންކުރަން ފަށައިފިވެ.

މި ކޯޓް ރޫމްތައް އިތުރުކޮށް، ބޭނުންކުރަން ފެށުމުގެ މަގްސަދަކީ އެމްސީއެސްގެ ބެލުމުގެ ދަށުގައި އަބަދުވެސް ޝަރީޢަތް ނިމެންދެން ގިނަ އަދަދެއްގެ މީހުން ބަންދުކޮށްފައި ބައިތިއްބަންޖެހި، ކޯވިޑް-19ގެ ނުރައްކާ ކުރިމަތިވެފައިވާ ހާލަތުގައި ޝަރީޢަތް ބޭއްވުމުގައި އަދި އެ ފަރާތްތައް ކޯޓުތަކަށް އުފުލުމުގައި ދިމާވާ ދަތިތައް ކުޑަކުރުމެވެ.

މިގޮތުން މި ކޯޓް ރޫމްތައް ބޭނުންކުރަން ފެށުމުން، ކްރިމިނަލް ކޯޓުގެ ބެކްލޮގް ކުރިން އަންދާޒާކޮށްފައިވާ މުއްދަތަށްވުރެ އަވަހަށް ކްލިއަރ ކުރުމަށް މަގު ފަހިވެގެންދާނެއެވެ. މީގެ އިތުރުން 13 ފެބަރުވަރީ 2022 ވަނަ ދުވަހު މާލެ ޖަލުގައި ރަސްމީކޮށް 03 ކޯޓް ރޫމް ވަނީ ބޭނުންކުރައްފަށާފައެވެ.

މި 05 ކޯޓް ރޫމްގެ ސަބަބުން ދުވާލަކަށް 25 ގައިދީންނާއި ބަންދުމީހުންނަށް އޮންލައިންކޮށް ޝަރީއަތްތަކުގައި ބައިވެރިވެވޭނެއެވެ. އަދި އެ ފަރާތްތަކަށް އާއިލީ ބައްދަލުވުމާއި ވަކީލް ބައްދަލުވުން ފޯރުކޮށްދެވޭ އަދަދު މިހާރަށްވުރެ އިތުރު ވެގެންދާނެއެވެ.

މިއަދު މާފުށީ ޖަލުގައި ބޭއްވި ރަސްމިއްޔާތުގައި، ކޯޓް ރޫމްތައް ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅުއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޒު އިބްރާހިމް މުޙައްމަދު ދީދީ، މާފުށީ ޖަލުގެ ޑައިރެކްޓަރު އެސިސްޓަންޓް ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަޙްމަދު ޖާދުﷲ ގެ އިތުރުން ކޮމިޝަންޑް އޮފިސަރުންނާއި އެ ޖަލުގެ އޮފިސަރުން ބައިވެރިވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް