ads
އދ.ގެ އާއްމު މަޖިލިސް
ޔުކްރޭނުން ރަޝިއާ ފޭބުމަށް ގޮވާލާ ގަރާރު ފާސްކޮށްފި
ރަޝިއާ އިން ޔުކްރޭނަށް ދެމުންދާ އަސްކަރީ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ ގަރާރު، އދ. ގެ އާންމު މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކޮށްފި އެވެ.

ޔުކްރޭންއާއި ރަޝިއާއި ދެމެދު ހިންގަމުންދާ ހަމަނުޖެހުންތަކާއި ބެހޭގޮތުން 193 ގައުމުގެ މެމްބަރުން ހިމެނޭ އދ. ގެ އާންމު މަޖިލީހުގައި ދެދުވަސް ވަންދެން ވަނީ މަޝްވަރާކޮށްފަ އެވެ.

މަޝްވަރާތަކަށްފަހު ފާސްކުރި މި ގާރާރުގައި މެމްބަރު ގައުމުތަކުން ގޮވާލާފައިވަނީ، ހަނގުރާމަ ހުއްޓާލާއި، ޔުކްރޭނުން ފޭބުމަށެވެ.

އާންމު މަޖިލީހުން ގަރާރު ފާސްވި ނަމަވެސް މިއީ ގާނޫނީ ބާރެއް ލިބިގެންވާ ގަރާގެއް ނޫންކަމުން، ގަރާރަށް އިޖާބަ ނުދިނުމަކުން ރަޝިއާއާއިމެދު ފިޔަވަޅެއް ނޭޅޭނެއެވެ. 

ޔޫކްރެއިންގެ އެންމެ ދެކުނުން އޮންނަ އެ ގައުމުގެ މުހިއްމު އެއް ސިޓީ ކަމަށްވާ ހާސަން ސިޓީއަށް ރަޝިއާ ސިފައިން ހަމަލާތައް ދެމުންދާތާ ދެ ދުވަސް ވެފައިވަނިކޮށް މިއަދުގެ ހެނދުނުގެ ވަގުތެއްގައި ގިނަ އަދަދެއްގެ ސިފައިން ވަނީ ވައި ކުޑައިން އެ ސަރަހައްދަށް ފައިބާ މުޅި ސިޓީގެ ކޮންޓްރޯލް ނަގާފައި ކަމަށް ރިޕޯޓްތައް ބުނެއެވެ. 

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ރަޝިއާ ސިފައިން ދިން ހަމަލާތަކުގައި އެ ސިޓީގައި ދިިރުއުޅެމުން ދިޔަ 14 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި 10 ސިފައިންގެ މީހުންވެސް ހިމެނޭ ކަމަށް ވަނީ ބުނެފައެވެ. 

މުޅި ހާސަން ސިޓީ ރަޝިއާގެ ބާރުގެ ދަށަށް ގެނެސްފައިވުމުން، މިއީ ޔޫކްރެއިންގެ މިނިވަން ކަމާއި މެދު ސުވާލު އުފެދޭ ކަމެއް ކަމަށްވެސް ބައެއް މީޑިއާ ތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. 

ރަޝިއާއިން ޔޫކްރެއިން އަށް ހަމަލާ ދެމުން އަންނަތާ ހަތް ދުވަސްވެފައި ވާއިރު، ހަމަލާތައް ދަނީ އިތުރަށް ވަރުގަދަ ކުރަމުންނެވެ. 

ރަޝިއާގެ ޑިފެންސް މިނިސްޓްރީން ވަނީ، ހަމަލާތައް ދެމުންގެންދާނީ ވީހާވެސް ޔޫކްރެއިންގެ ރައްޔިތުންނަށް އަމާޒުނުވާނެ ގޮތަކަށް ބަލައިގެން ކަމަށް ބުނެފައެވެ.

ނަމަވެސް ރަޝިއާއަށް ހަމަލާ ދިނުމުގައި ޔޫކްރެއިން އާއި އެކު ބައިވެރިވާ ގައުމުތަކަށް ރައްދުގައި ވަރުގަދަ ހަމަލާތައް ދޭނެ ކަމުގެ އިންޒާރުވަނީ ދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް