ads
ކެނޭޑިއަން ސްޕޭސް އެޖެންސީގެ ޖޫނިއާ އެސްޓްރޮނޯޓް ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުން. ފޮޓޯ: އައިޖީއެސް
ރާއްޖޭގެ 32 ދަރިވަރަކު ޖޫނިއާ އެސްޓްރޮނޯޓް ޕްރޮގްރާމު ފުރިހަމަކޮށްފި
ރާއްޖޭގެ 32 ދަރިވަރުން ކެނޭޑިއަން ސްޕޭސް އެޖެންސީގެ ޖޫނިއާ އެސްޓްރޮނޯޓް ޕްރޮގްރާމް ފުރިހަމަކޮށްފިއެވެ.

ރާއްޖޭގައި ޖައްވީ ކަންކަން ކުރިއެރުވުމަށް މަސައްކަތް ކުރަމުންދާ އިންސްޓިޓިއުޓް ފޮ ގްލޯބަލް ސަކްސަސް (އައިޖީއެސް) އިން ހިންގި މި ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް ކެނޭޑިއަން ސްޕޭސް އެޖެންސީގެ ސެޓްފިކެޓް ހަވާލުކޮށްދެއްވީ އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުޙައްމަދެވެ.

އައިޖީއެސްއިން މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ މާލެއާއި ހދ.ކުޅުދުށްފުށީގައެވެ.

ޕްރޮގްރާމް ކުރިއަށް ގެންދިޔައީ މައިގަނޑު ތިން މޮޑިއުލަކަށް ބަހާލައިގެންނެވެ. އެއީ ޖައްވުގައި ފިޓްނަސް ބަހައްޓާނެ ގޮތާއި, ކެއިންބުއިން ކުރިއަށް ގެންދާނެ ގޮތާއި, ޖައްވީ ކަންކަމާގުޅޭ ސައިންސާއި ޓެކްނޮލޮޖީއާއި, ޓީމެއްގެ ގޮތުގައި އެސްޓްރޮނޯޓުން މަސައްކަތް ކުރާނެ ގޮތެވެ.

ރާއްޖޭގެ 32 ދަރިވަރުން މި ޕްރޮގްރާމް ނިންމާފައިވާއިރު މިއީ ދިވެހި ދަރިވަރުންތަކެއް މިފަދަ ޕްރޮގްރާމެއް ނިންމި ފުރަތަމަ ފަހަރެވެ.

ރާއްޖޭގައި ސްޕޭސް ސައިންސް ކުރިއެރުވުމަށް މަސައްކަތް ކުރާ ހަމައެކަނި އިންސްޓިޓިއުޓް, އައިޖީއެސްއިން ބުނީ ޕްރޮގްރާމް ފުރިހަަމަކުރި ދަރިވަރުންނަށް އަންނަ އަހަރު އެމެރިކާގެ ޖައްވީ އިދާރާ ނާސާގައި އިތުރު ތަމްރީނު ހޯދުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް