ads
އެއްބަސްވުންތަކުގައި ސޮއިކުރުމުގެތެރެއިން. ފޮޓޯ: އެޗްޑީސީ
ހިޔާ ސަރަހައްދުގައި ދެ ކެފޭއަކާއި ފާމަސީއެއް ގާއިމުކުރަން ބަޔަކާއި ހަވާލުކޮށްފި
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އާންމު ހިދުމަތްތައް ދިނުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަތަރު ފަރާތަކާއި ހަވާލުކޮށްފި އެވެ.

އެޗްޑީސީން މިއަދު ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅެމުންދާ މީހުންނަށް ފަސޭހަކަމާއެކު ހިދުމަތްތައް ފޯރުކޮށްދިނުމަށް ހަތަރު ކުންފުންޏަކާއެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

އެ ގޮތުން ކެފޭ ހިންގަން ވައިޓް ވުޑް އިންވެސްޓްމަންޓާއިއެކު އަދި ގްރީން ފްލައިއާއެކު ސޮއިކޮށްފައިވާއިރު, ފާމަސީއެއް ހިންގަން އޭޑީ ފާމަސޫޓިކަލްއާއެކު ވަނީ ސޮއިކޮށްފައެވެ.
މީގެ އިތުރުން ހެދުން ވިއްކާ ފިހާރައެއް ހިންގަން އޮސްޓްރާވާ ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކޮށްފައެވެ.

“ސީއެންްއެމް”އާއި ވާހަކަ ދައްކަވަމުން އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ، އެ މަަަސައްކަތް ހަވާލުކުރީ ހަމަސް ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގިނަ ބަޔަކު އާބާދުވަމުން އަންނައިރު އެންމެ ބޮޑު އެއް ޝަކުވާއަކަށްވެފައިވަނީ އެ ސަރަހައްދުން އާންމު ޚިދުމަތްތައް ނުލިބުމުގެ ޝަކުވާއެވެ. އެ ގޮތުން އެޗްޑީސީން އަންނަނީ ހިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތްތައް ހަމަޖައްސަމުންނެވެ. ދެވަނަ ފިޔަވަހީގައި މި  ވަގުތު ތިން ފިހާރައަކުން ހިދުމަތް ދެމުންގެންދާއިރު ސެލޫނެއްގެ ހިދުމަތް ވެސް އަންނަނީ ދެމުންނެވެ.

މިދިޔަ ހަފުތާގައި ވެސް އެޗްޑީސީން ވަނީ ދެވަނަ ފިޔަވަހީގެ ސަރަހައްދުގައި ކެފޭ/ރެސްޓޯރަންޓާއި އެހެނިހެން ހިދުމަތްތައް ގާއިމުކުރުމަށް ފަސް ފަރާތަކާއެކު ސޮއިކޮށްފައެވެ. މީގެ އިތުރުން އެ ސަރަހައްދުގައި ދެ ޕްރީ ސުކޫލެއް ހަދަން އެސްޖޭ ކޮންސްޓްރަކްޝަނާއި ވަނީ ހަވާލުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް